ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ބާރުތައް ކަނޑުވާލައި، އަމިއްލަ މޮޑެލްއަކަށް ގައުމު ހިންގުމަށް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، ސަރުކާރަށް މިހާ ބޮޑު ބާރެއް ލިބިފައިވާއިރުވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބަސްމަގު ހުރިގޮތުން ހީވަނީ "އުމުރަށް މިތާ ބަހައްޓާށޭ" ވިދާޅުވާހެން ކަމަށެވެ.
މާރިޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ހަނިކޮށް، ހުރިހާ ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކުރަން އުޅޭކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ގައުމުގެ ކަންކަން މިފަދަ ހާލަތަކަށް ބަދަލުވަމުންދާއިރު، ރައްޔިތުން ހަނު ތިބެންވީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް ނަމަވެސް، އެ ބާރުގެ ބޭނުން ކުރަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މިސްރާބު ހުރީ ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެ، ގައުމުގެ ހިންގުން ވަކި މޮޑެލްއަކަށް ބަދަލުކުރުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު