މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ "ރަންދިހަ ފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާ އާއި، 100 ރުފިޔާގެ އައު ނޫޓުތައް ބާޒާރަށް ނެރެ ދައުރުކުރަން ފަށައިފިއެވެ.
އެމްއެމްއޭ އިން މިއަދު ބުނީ، މިއަދު ބާޒާރަށް ނެރުނު ފައިސާގެ ތެރޭގައި ހިމެނެނީ މި މަހުގެ ދެވަނަ ދުވަހު އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިދިޔަ އާދިއްތައިގައި ލިބުނު 20 ރުފިޔާގެ ނޫޓުތައް ކަމަށެވެ. އަދި އެ ފައިސާއަކީ އިގުްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށް ބިނާކޮށާއި އެމްއެމްއޭއަށް ލިބޭ ބައުވެ، ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރުނު ބެޗެއް ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.
އަލަށް ނެރުނު ނޫޓުތަކުގައި ސޮއިކުރަށްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.
އެމްއެމްއޭއިން ބުނީ، މި ފަހަރު ނެރުނު 20 ރުފިޔާގެ އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ހިމަނާފައިވާނެ ކަމަށެވެ. އެއީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުގައިއާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. އަދި 2024 ޖުލައި 7ގައި ނެރެފައިވާ 100 ރުފިޔާގެ ނޫޓާ އެއްގޮތަށް 100 ރުފިޔާގެ އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ހަމައެއާއެކު އެމްއެމްއޭ އިން ވަނީ، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތައްވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ދެ ބާވަތުގެ ނޫޓަށް އޮތް ޑިމާންޑް ބޮޑުވީ، ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޭޓީއެމްތައް އިތުރުކުރުމާ ގުޅިގެންނެވެ.
"ރަންދިހަ ފަހެއް" ނޫޓު ސީރީޒަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ރަން ޔޫބީލް މުނާސަބަތުގައި ނޮވެމްބަރު 1، 2015 ގައި ތައާރަފުކުރި ސީރީޒެކެވެ. މި ސީރީޒްގެ ނޫޓުތައް އާންމުކޮށް ބޭނުންކުރަން ފެށީ ޖެނުއަރީ 26، 2016 ގައެވެ. މި ނޫޓުތަކަކީ ޕޮލިމަރ ކަރުދާހުގައި، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާއެކު ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ.
މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1,000 ރުފިޔާގެ ނޫޓެވެ. "ދިވެހިންނާއި ދިވެހިރާއްޖެ" މި މައުޟޫއަށް ފަރުމާކޮށްފައިވާ މި ނޫޓުތަކުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތާއި، ދިވެހިންގެ މަސައްކަތްތެރިކަން ފެނިގެންދެއެވެ.
ޚާއްޞަކޮށް، ފެހުރިހީގެ ފަރުމާ ހިމެނޭ 1,000 ރުފިޔާގެ ނޫޓަކީ އޭގެ ހިތްގައިމު ފަރުމާގެ ސަބަބުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ ނޫޓެކެވެ.

ކިޔުންތެރިންގެ ހިޔާލު