2020 ވަނަ އަހަރުގެ ފުރަތަަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހެޅި ކައުންސިލްތައް އާންމުކޮށްފި އެވެ.

ލާމަރުކަޒީ އުޞޫލުން އިދާރީދާއިރާތައް ހިންގުމުގެ ޤާނޫނުގައި ބުނާގޮތުން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް އަދި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެއަހަރެއްގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

އެލްޖީއޭއިން އާންމުކޮށްފައިވާ އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ހުށަހަޅަންޖެހޭ މުއްދަތުގައި ސިޓީ ކައުންސިލްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއި، އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލް ވަނީ ރިޕޯޓް ހުށަހަޅާފައެވެ.

އަތޮޅު ކައުންސިލްތަކުގެ ތެރެއިން 15 އަތޮޅު ކައުންސިލަކުން ރިޕޯޓް ހުށަހަޅާފައިވާއިރު، 79 ރަށު ކައުންސިލަކުން ވަނީ މި މުއްދަތުގައި ރިޕޯޓް ހުށަހަޅާފައެވެ. މިހާތަނަށް ރިޕޯޓް ހުށަހަޅާފައި ނުވަނީ 5 އަތޮޅު ކައުންސިލަކާއި، 100 ރަށު ކައުންސިލަކުންނެވެ.

މީގެ އިތުރުން މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ރިޕޯޓް ތައްޔާރުކޮށް އަތޮޅު ކައުންސިލްތަކަށް ފޮނުވި ނަމަވެސް އެ ރިޕޯޓް އަތޮޅު ކައުންސިލުން އެލްޖީއޭ އަށް ލިބިފައި ނުވާ ރަށު ކައުންސިލްތައް ހުރި ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން