ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް
ސަރުކާރު އޮފީސްތަކުން ރަސްމީ ގަޑީގައި ފޯނަށް ޖަވާބުދާރީ ނުވުމުގެ ކަންބޮޑުވުން ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ފާޅުކުރަށްވައިފިއެވެ.

ރަސްމީ ގަޑީގައި ސަރުކާރުގެ އޮފީސްތަކުން ފޯނަށް ޖަވާބުދާރީ ނުވުމުގެ މައްސަލައަކީ ރާއްޖޭގައި ޢާއްމު ވެފައިވާ ކަމެކެވެ. އޮފީސްތަކުގެ ރިސެޕްޝަންގައި ތިބޭ މުވައްޒަފުން ފޯނަށް ޖަވާބުދާރީ ނުވުމުގެ ސަބަބުން ޚިދުމަތް ހޯދުމުގައި ޢާއްމުން އުފުލަންޖެހޭ ތަކްލީފް އެތައް ގުނައެއް ބޮޑުވެ، ރައްޔިތުންގެ ނުރުހުން އެފަދަ މުއައްސަސާތަކަށް ވަނީ އަމާޒުވެފައެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސައިރިކްސް ޝަރީފް ވިދާޅުވީ، އޭނާ ކުރަށްވާ މަސައްކަތްތައް ބިނާވެފައި ވަނީ ސަރުކާރުގެ އޮފީސްތަކުން ދޭ ޚިދުމަތުގެ މައްޗަށް ކަމަށެވެ. ނަމަވެސް ރަސްމީ ގަޑީގައި ޚިދުމަތް ހޯދުމަށް އޮފީސްތަކަށް ގުޅުމުން މަރުޙަބާ ކިޔަނީ އާންސަރިން މެޝިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރަސްމީ ގަޑީގައި ސަރުކާރު އޮފީސްތަކަށް ގުޅުމުގެ ބޭނުމަކީ، އިންސާނަކާ ވާހަކަ ދައްކައިގެން ޚިދުމަތް ހޯދުން. ނަމަވެސް ރާއްޖޭގައި ރަސްމީގަޑީގައިވެސް ޚިދުމަތާ ބެހޭ މަޢުލޫމާތާއި އޮފީސް ހުޅުވިފައި ހުންނަ ގަޑިވެސް ބުނެދެނީ މެޝިނަކުން." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކުގައި "އާންސަރިން މެޝިނުން" ޖަވާބުދާރީވާނީ ސަރުކާރު ބަންދު ދުވަސްތަކާއި ވަގުތުތަކުގައި ކަމަށާއި، ނަމަވެސް ރާއްޖޭގައި އެކަން އޮންނަނީ އެގޮތަށް ނޫން ކަމަށެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުން ރަސްމީ ގަޑީގައި ފޯނަށް ޖަވާބުދާރީ ނުވުމުގެ މައްސަލައަކީ ރައްޔިތުން އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް އުފުލަމުންދާ އަދި މިހާތަނަށް އެއްވެސް ވަރެއްގެ އިސްލާހެއް އައިސްފައި ނުވާ ކަމެކެވެ. އެގޮތުން ފޯނު ކޮށްލައިގެން މައުލޫމާތު އޮޅުން ފިލުވައިލެވޭ ވަރުގެ ކުދިކުދި ކަންކަމުގައި ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު އޮފީސްތަކަށް ގޮސް އޮފީސްތަކުގައި ކިޔޫހަދައި ނަންބަރު ނަގައިގެން އެތައް އިރެއް ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-14

އަހުމަދު ނަޝީދު

07-Oct-2020

ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ކިޔޫ ބަލަހައްޓަން ގާއިމްކޮށްފައިވާ ސިސްޓަމް އެއީ އެއާޕޯޓުގައި ބަހައްޓަ ވަރުގެ ސިސްޓަމެއް, އޭގެއިން އެނައުންސްމެންޓް ގޮވާލާއިރު މަތީގައި ހުންނަ 3 ފްލޯއަށް އަޑުއިވޭނެ, ފޯންތަށް އާންސަރިންގް މެޝަނައް ލާފައި މުއައްޒަފުން ތިބެނީ އެހެންކަންކަމުގައި


3

އަލީމާހިރު

07-Oct-2020

ސަރުކާރުގެ މުއައްޒަފުންގެ ފަހަތުން ދުވާގޮތަށް ސިސްޓަމް ރާވާފައިވަނީ, ފޯމެއް ލިޔަސް 15 ފަހަރު އެފޯން ރަނގަޅު ކުރުމަށް އޮފީސްތަކުން އަންގާނެ, އޭގެ ބަދަލުގައި އޮފީހުގައި ހުންނަ މީހާ އެފޯމް ރަނގަޅު ކޮށްލާފައި ހިދުމަތްދޭނަމަ ހިދުމަތުގެ ފެންވަރު އަވަސްވާނެ



ޓްރެންޑިން