ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
ކޯވިޑް-19 ސާމްޕަލް ނެގުމުގައި ޙަރަކާތްތެރިވާ ޓީމެއް
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ވަނީ، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. މި މުއްދަތު ކުރިން ހަމަވާން އޮތީ މިއަދުގެ ނިޔަލަށެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރި އަށްވަނަ ފަހަރެވެ.

މި ގަރާރުގައި ބުނެފައިވަނީ މިދިޔަ މާޗް މަހު އިއުލާންކުރެވުނު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް އެބައޮތް ކަމަށާއި އެ ނުރައްކާ ކުޑަކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން ރާއްޖޭގައި 10،567 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން 9،427 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ 1099 މީހުން ތިބިއިރު 34 މީހުން ވަނީ މިބަލީގައި މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން