ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ
އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ސަބަބު ހާމަކުރަންޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. ޑިފެންސް މިނިސްޓްރީން އެހެން ބުނެފައިވަނީ ރާއްޖޭގައި ހިންގާ އޮންލައިން ނޫހަކުން ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު ހާމަކޮށްދިނުމަށް އެދުމުން އެމައުލޫމާތު ދިނުމަށް އެ މިނިސްޓްރީއިން ދެކޮޅު ހެދި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސް ކުރުމުން، އެ އޮފީހުން ބޭއްވި އަޑު އެހުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ 115 ވަނަ މާއްދާގެ ރ އާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުސޫލަކުން ކަމަށެވެ.



"އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ހަގީގީ ސަބަބު ހާމަކުރަންވާނެ، އދ. ޗާޓަރުގެ 102 ނަންބަރާއި ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަހުމަދު އަބުދު ﷲ ދީދީ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި މައިނގަޑު ބޭނުމެއް ކަމުގައި މިހާތަނަށް އެނގިފައިވަނީ އިންޑިއާއިން ރާއްޖޭގެ އަސްކަރިއްޔާއަށް ހަދިޔާކުރި 2 ހެލިކޮޕްޓަރާއި ދާދިފަހުން ހަދިޔާކުރި ކުޑަ އަސްކަރީ މަތިންދާބޯޓު އޮޕަރޭޓުކޮށް ބެލެހެއްޓުމަށެވެ. އެ ސާމާނި އިންޑިއާއިން ހަދިޔާކުރީ އެމީހުން އެތަކެތި އޮޕަރޭޓްކޮށް ބަލަހައްޓާ ގޮތަށް ކަމަށް ގަބޫލުކުރެވެއެވެ. އަދި މިހާތަނަށް މިއިން އުޅަދެއް ދުއްވުމުގެ ހުއްދަ ނުވަތަ ފުރުސަތުވެސް ދިވެހި އަސްކަރިއްޔާ އަކަށް ނުލިބެއެވެ. ހަމައެކަނި މިކަމާ ގުޅިގެން އެނގޭ މައުލޫމާތަކީ އެތަކެއްޗާއި އެކު ގިނަ އަދަދަކަށް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ އެބަތިބި ކަމެވެ. ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުން އެކަމަށް ހުރަސް ތަކެއް ކުރުވި ނަމަވެސް މިސަރުކާރުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައި އެފުރުސަތު އިތުރަށް ތަނަވަސް ކޮށްދީފައިވާ ކަމަށް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިވާ އެކަމާ ބެހޭ މައުލޫމާތު ތަކުން ކަށަވަރުވެއެވެ.

އެހެން ނަމަވެސް ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ސަރުކާރުން މިހާތަނަށް ވެސް އޮތީ ސިއްރުކޮށްފައެވެ. އެމްއެންޑީއެފުން އެންމެ ފަހުން ވެސް ބުނެފައިވަނީ ބޭރު ގައުމުތަކުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ހަރަކާތްތެރިވަނީ ތަމްރީންތަކުގައާއި ސާވޭލަންސް މަސައްކަތް ތަކުގައާއި އިންސާނީ ޚިދުމަތް ފޯރުކޮށް ދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން