ދިވެހިންގެ ބަރަހާނަ ފޮޓޯ އާއި ވީޑިއޯ ތަކާއެކު ރާއްޖޭގައި ހިންގަމުންދިޔަ ޓެލެގުރާމް ގްރޫޕް ތަކެއް މިރޭ ޑައުންކޮށްލައިފިއެވެ.

މިދިޔަ މާރޗް މަހުން ފެށިގެން "ޕިއޯރ މޯލްޑިިވިއަން"ގެ ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕަކާއި އަދިވެސް އިތުރު ދެ ގްރޫޕެއް މިރޭ ވަނީ ޑައުންކޮށްލާފައެވެ. ގާތްގަޑަކަށް 18000 އަށްވުރެ ގިނަ މީހުން ލައިކް ދީފައިވާ "ޕިއޯރ މޯލްޑިިވިއަން"ގެ ނަމުގައި ހިންގާ ޓެލެގުރާމް ގުރޫޕް މިހާދުވަހު ހިންގުމަށް މަގުފަހި ވެގެން ދިއުމީ ވެސް ސުވާލު އުފެދޭ އަދި ބައެއްގެ އިހުމާލު އެކަމުގައި ހިމެނޭ ކަމެކެވެ.

ޕިއޯރ މޯލްޑިިވިއަންގެ ނަމުގައި ދިވެހިންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާއި ކުޑަކުދިންގެ ބަރަހާނާ ވީޑިއޯތަކާއެކު މި ގްރޫޕް ހިންގާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ރަސް އޮންލައިން އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ ޓެލެގްރާމް ގުރޫޕްގައި އާންމުކޮށް ހުންނަނީ ސްނެޕްޗެޓުން ދިވެހިން އެކަކު އަނެކަކަށް ފޮނުވާ ބަރަހާނާ ފޮޓޯއާއި ވީޑިއޯތައް ކަމަށެވެ. މީގެ އިތުރު ބަދުއަޚުލާގީ އަމަލު ހިންގާ މަންޒަރު ދަށްކުވައިދޭ ފޮޓޯ އަދި އަންހެނުންނާއި ފިރިހެނުން ޖިންސީ ގުޅުން ހިންގާ މަންޒަރު ދަށްކުވައިދޭ ވީޑިއޯގެ އިތުރުން އަންހެނުންނާއި ފިރިހެނުން އަމިއްލައަށް ޖިންސީ އެދުން ފުއްދާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ގިނަ އަދަދަކަށް އެގުރޫޕްގައި ހިއްސާކޮށްފައިވާ ކަމަށް މި ނޫހަށް އެނގިފައި ވެއެވެ.

މީގެ އިތުރުން ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކު ރޭޕްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އެ ގުރޫޕްގައި އާންމުކޮށްފައި ވާކަމަށް ރަސް އޮންލައިން އަށް މައުލޫމާތު ދިން މީހާ ބުނެފައި ވެއެވެ. މީގެ އިތުރުން މެސެންޖާއިންނާއި ވައިބާ އިން ބަރަހަނާކޮށް ފިރިހެނުންނާއި އަންހެނުން ކުރާ ވީޑިއޯ ކޯލްތައް ވެސް އެ ގުރޫޕްގައި ހިއްސާކޮށްފައިވާ ކަމަށް އެކަމުގެ މައުލޫމާތު އެގޭމީހުން ރަސްއޮންލައިން އަށް ކިޔައިދީފައިވެއެވެ. މީގެއިތުރުން ހަށިވިއްކާ އަންހެނުންގެ ފޭސްބުކް އައިޑީ ކަމަށް ބުނާ އައިޑީ ތަކާއި އެފަދަ އިންސްޓަގުރާމް އައިޑީވެސް އެ ގުރޫޕްގައި ހިއްސާކޮށްފައި ވެއެވެ.

ދާދިފަހުން އެ ބަރަހަނާ ގުރޫޕްގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނައުމަށް ފޭސްބުކްގައި އަންހެނަކު ޕޯސްޓެއްވެސް ޖަހާފައިވެއެވެ. އެނގިފައިވާގޮތުގައި އެ އަންހެންމީހާ ހިތްހަމަނުޖެހުނީ އޭނާގެ ބަރަހާނާ ފޮޓޯތަކާއި ވީޑިއޯތަކެއް ބަޔަކު އެ ގުރޫޕުގައި ހިއްސާކުރުމުންނެވެ. އެ ގްރޫޕް ހިންގާ ފަރާތުން ފަހުން ވަނީ އެކަމަށް މާފަށް ވެސް އެދިފައެވެ.

ރަސްއޮންލައިން އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބަރަހާނާ ގުރޫޕްގެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް މިހާރު ވަނީ އައިސްފައެވެ. ދާދިފަހުން ފައިސާ އަށް ހަށިވިއްކާ ދިވެހި އަންހެނުން ތިބޭ ވައިބާ ގުރޫޕެއްގެ މައްސަލަ އެއް ފުލުހުން ވަނީ ބަލަން ފަށާފައެވެ. މައްސަލަ ބަލާކަން ބުނުން ނޫން އެކަމާ ބެހޭ އިތުރު އެހެން މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

މާސްޓަރ

08-Oct-2020

ގާސިމްގެ އަބިކަބަލުން ފޮޓޯހުރީމަ ވީގޮތެއް ކަމަށްބެލެވެނީ. އެބެފުޅާގެ ކައިވެންޏާއެކު ތިކަން ތިއޮތީ ނިމިފަ.


6

ޒީން

07-Oct-2020

ތަމްބްލަރ ގަ ވެސް ތިކަހަލަ އެތައް ގުރޫޕް އެބައުޅޭ ކަމުގެ ސައްހަ މައުލޫމާތު ވަނީ ލިބިފަ އެކަމަށް ފިޔަވަޅު އަޅާނީ ކޮން ދުވަހަކުން ބާ ދިވެހިން އާންމު ކޮށް ވަން ނަ ޕޯން ސައިޓް ޑައުން ނުކުރަނީ ކީއްވެ ސާވިސް ޕޮރްވއިޑާއަށް އެއީ ވަރަށް ފަސޭހަ ކަމެއް އެހެން ހަދައިފިއްޔާ އިސް ވެރިންނަށް ވެސް އެސައިޓް ތަކަށް ނުވެދޭނޭތިދޯ ދިރާާގާާ އޫރިދޫއިން އެ ސައިޓްތައް ޑައުން ނުކުރަނީ އެހެން ނޫޫނީ ގިނައިން ޑޭޓާ އަޅާ މީހުން މަދުވެދާނެތީދޯ


-8

ޒުއްބަ

07-Oct-2020

ލިޔުމުގެ ވަރަށްގިނައިން "މީގެއިތުރުން" ބޭނުންކޮށްފައިވާކަން ފާހަނގަކުރަން



ޓްރެންޑިން