ޒަހީނުއްދީން ސަޢީދު   7 އޮކްޓޯބަރު 2020 - 4:56
ކޮވިޑް-19: އަތޮޅުތެރޭގައި ސަރުކާރުގެ ޚަރަދުގައި އެޅި ކޮވިޑް ފެސިލިޓީއެއް: ކޮވިޑާއި ގުޅިގެން ސަރުކާރުން ވަނީ 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި
ކޮވިޑް-19: އަތޮޅުތެރޭގައި ސަރުކާރުގެ ޚަރަދުގައި އެޅި ކޮވިޑް ފެސިލިޓީއެއް: ކޮވިޑާއި ގުޅިގެން ސަރުކާރުން ވަނީ 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި
ކޮވިޑް-19 ކޮންޓްރޯލްކުރުމާއި ބަލި މީހުންނަށް ފަރުވާ ދިނުމަށާއި ބަލިމަޑުކަމުގެ ސަބަބުން އިޤްތިސާދީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީވާން ދައުލަތުން ކުރި ޚަރަދު 2.3 ބިލިޔަން ރުފިޔާއަށް އަރަައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ، އޮކްޓޯބަރުގެ ފުރަތަމަ ދުވަހާ ހަމައަށް ކޮވިޑާ ގުޅޭ ސިއްހީ ކަންކަމަށް 1.2 ބިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުވެފައިވާ ކަމަށެވެ. މި އަދަދުން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކަމަށް ފިނޭސް މިނިސްޓްރީ އިން ހާމަކުރެއެވެ. އެގޮތުން އެ އޮތޯރިޓީން މިހާތަނަށް 778.1 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވާ ކަމަށް މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ބޮޑު ހަރަދެއް ބަޖެޓުން ކޮށްފައިވަނީ ހެލްތު މިނިސްޓްރީންނެވެ. މިނިސްޓްރީ އޮފް ހެލްތުން 200.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެ.

މީގެ އިތުރުން މިހާތަނަށް ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދީ ކަންކަމަށް ކޮށްފައިވާ ހަރަދުގެ ޖުމްލަ އަދަދު 1.03 ބިލިއަނަށް އަރައިފައިވާ ކަމަށް ފިނޭސް މިނިސްޓްރީ އިން ހާމަކުރެއެވެ. މި އަދަދުގެ ބޮޑުބައެއް ރިކަވަރީ ލޯންއަށް ޚަރަދުވެފައިވާއިރު، ރިކަވަރީ ލޯންގެ ގޮތުގައި މިހާތަނަށް ދޫކޮށްފައިވާ އަދަދު 900 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

އިންކަމް ސަޕޯޓަށް 101 މިލިޔަން ރުފިޔާހަރަދުކޮށްފައި ވާއިރު ކަރަންޓް ބިލުގެ ޑިސްކައުންޓް ދިނުމަށް ސަބްސިޑީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ރާއްޖޭގެ އިގުުތިސާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރުގެ ހަރަދުތައް އެތަށް ގުނައަކަށް ވަނީ އިތުރުވެފައެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރު ކަމުން އަރައިގަތުމަށް ގިނަ އަދަދެއްގެ އެހީ އަދި ލޯނު އެހީވެސް ސަރުކާރަށް ވަނީ ލިބިފައެވެ. އަދި މިހާލަތުން އަރައި ގަތުމަށް އިތުރު އެހީތައް ބޭނުންވާނެ ކަމަށް ސަރުކަރިން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން