މިއީ މީގެ 12 އަހަރު ކުރިން "ބާރުތައް ވަކިކުރުމަށް" ގޮވާލި އަޑެވެ. ނަމަވެސް މިއަދު އަނެއްކާވެސް އެ އަޑު މިވަނީ އިތުރަށް ގަދަވެފައެވެ. އެމްޑީޕީގެ "މަންމަ" ގެ ނަމުން މަޝްހޫރުވެފައިވާ މާރިޔާ އަހުމަދު ދީދީ، ބާރަ އަހަރުގެ ތަފާތު ދައްކުވައިދޭ ދެ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

މާރިޔާ ހިއްސާކުރެއްވި މި ފޮޓޯތަކުން ފެންނަނީ މީގެ 12 އަހަރު ކުރީގެ މަންޒަރަކާއި، މިހާރުގެ ހާލަތެވެ. އޭރުވެސް އަދި މިހާރުވެސް އޭނާ ހުންނެވީ "ބާރުތައް ވަކިކުރަން ޖެހިފައި" އޮތް ކަމެވެ. މި ފޮޓޯތަކާއެކު މާރިޔާ ވިދާޅުވެފައިވަނީ، އިސްލާހީ މަސައްކަތުގައި އަދިވެސް ކުރަންޖެހިފައި ހުރި ކަންކަން ހުރީ ހަމަ އެގޮތުގައި ކަމަށެވެ.

މި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބައެއްގެ ސަމާލުކަން މިވަނީ މާރިޔާއަށް ހުއްޓިފައެވެ. ބައެއް މީހުން އޭނާގެ ސާބިތުކަމަށް ތައުރީފު ކުރަމުންދާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ މި ފާއިތުވި 12 އަހަރުގެ ތެރޭގައި މާރިޔާގެ ސިފައަށް އައިސްފައިވާ ބަދަލުތަކެވެ. އެހެންނަމަވެސް، ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި އޭނާގެ ސިޔާސީ ފިކުރާއި ވަކާލާތު ކުރައްވާ އުސޫލުތަކަށް ބަދަލެއް ނާދެއެވެ.



ކިޔުންތެރިންގެ ހިޔާލު