ޝުޖާއު އުސްމާނު
ޝުޖާއު އުސްމާނު
ރާއްޖޭގައި އެހެން ގައުމުތަކުގެ މަސްލަހަތު އިސްކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމުގައި ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ވިދާޅުވެއްޖެއެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށްވުރެ އެހެން ގައުމެއްގެ މަސްލަހަތު އިސްކުރުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށެވެ. ޝުޖާއު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ރައްޔިތުންނަށް ހާމަކުރަން ޑިފެންސް މިނިސްޓްރީ އިން ދެކޮޅު ހަދާފައިވާތީ އެކަމަށް ފާޑުވިދާޅުވެއެވެ. މި މައުލޫމާތު ހާމަ ނުކުރާ ސަބަބެއް ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުނެފައިވަނީ އެމައުލޫމާތު ހާމަކޮށްފިނަމަ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ބުރޫއަރާފާނެތީ ކަމަށެވެ.

މިކަމަށް ފާޑުވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ ކުރެއްވި ޓުވީޓްގައި ވެސް ވިދާޅުވެފައިވަނީ އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ސަބަބު ހާމަކުރަންޖެހޭނެ ކަމަށެވެ.

"އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި އަދަދާއި ހަގީގީ ސަބަބު ހާމަކުރަންވާނެ، އދ. ޗާޓަރުގެ 102 ނަންބަރާއި ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ." ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ޢަހުމަދު އަބުދު ﷲ ދީދީ ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި  ތިބޭ އިންޑިއާ ސިފައިންގެ ޖުމްލަ އަދަދު ސަރުކާރުން މިހާތަނަށް ވެސް އޮތީ ސިއްރުކޮށްފައެވެ. ރާއްޖޭގެ އަސްކަރިއްޔާއަށް އިންޑިޔާ އިން ހަދިޔާކުރި 2 ހެލިކޮޕްޓަރާއި ދާދިފަހުން ހަދިޔާކުރި ކުޑަ އަސްކަރީ މަތިންދާބޯޓު އޮޕަރޭޓުކޮށް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ އިންޑިޔާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށްވެއެވެ. އަދި ިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މިކަމުގެ ހަގީގަތް ހާމަކޮށްދީފައެއެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޚުސުމް

08-Oct-2020

ކަލޭ ގަތިންދޯ ހުކުމެއް


6

ހުކުމް

07-Oct-2020

ހުކުމް ވިއްކައިގެން އުޅުނު މީހެއް



ޓްރެންޑިން