ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖެނުއަރީ މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 1.03 ބިލިއަން ޑޮލަރުގައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރަސްމީ ރިޒާވް ބިލިއަން ޑޮލަރުގެ އިން ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983 މިލިއަން ޑޮލަރެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް 4 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ކުރިން ރާއްޖޭގެ ރަސްމީ ރިޒާވް ބިލިއަން ޑޮލަރުން މަތީގައި ހުރީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ރިޒާވް މަތިވީ ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ ބޭނުންކުރުމުންނާއި، އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް ވިއްކި 250 މިލިއަން ޑޮލަރުގެ ބޮންޑުގެ ސަބަބުންނެވެ.
ރަސްމީ ރިޒާވަށް އައި މި ހެޔޮ ބަދަލާއެކު، ބޭނުންކުރެވޭ ރިޒާވަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ބޭނުންކުރެވޭ ރިޒާވް ނުވަތަ 'ޔޫސަބަލް ރިޒާވް' އަކީ ރަސްމީ ރިޒާވުން ކުރިއަށް އޮތް އަހަރު ދުވަހު ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ކެނޑުމަށްފަހު، ވަގުތުން ބޭނުންކުރަން ހުންނަ ފައިސާގެ އަދަދެވެ.
ޖެނުއަރީ މަސް ނިމުނުއިރު، ކުރު މުއްދަތުގެ ބޭރު ފައިސާގެ އިލްތިޒާމުތަކަށް ހުރީ 839.8 މިލިއަން ޑޮލަރެވެ. އެހެންކަމުން، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 301.4 މިލިއަން ޑޮލަރު ވަނީ ރެކޯޑު ކުރެވިފައެވެ. މިއީ ބޭނުންކުރެވޭ ރިޒާވް ވަރަށް ބޮޑަށް ހީނަރުވެފައި އޮތް އޮތުމަށް ނިމުމެއް އައިސް، ރަނގަޅުވި ފުރަތަމަ ފަހަރެވެ.
މަރުކަޒީ ބޭންކުން ހާމަކުރާ ގޮތުގައި، ރާއްޖޭގެ ރިޒާވް މިހާ ބޮޑަށް އިތުރުވެގެން ދިޔަ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމެވެ.

ކިޔުންތެރިންގެ ހިޔާލު