ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދުގައި ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުނުކުރެވިގެން އުޅެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދާ ދެމެދުގައި ހިނގަމުންދާ "ޕަވާ ސްޓްރަގުލް"ގެ ސަބަބުން ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ޗައިނާ ފްރީޓްރޭޑް އެގްރިމެންޓަކީ މިހާރު ވުޖޫދުގައި އޮތް އެއްބަސްވުމެއް ނޫން ކަމަށެވެ. ޗައިނާއާއި ރާއްޖޭގެ މެދުގައި ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ކުރީގެ އިކޮންމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދުގެ ޓްރޭޑް މިނިސްޓަރު ކަމުގައި ގާއިމްކުރި އެއްބަސްވުމެވެ. އެ އެއްބަސްވުމަށް އަމަލުކުރުމާއި ދެކޮޅަށް އެންމެ ބޮޑަށް ވާހަކަ ދައްކަވާ އެއްބޭފުޅަކީ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދެވެ.
މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޗައިނާއާއި ރާއްޖެއާއި ދެމެދުގައި ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދެމި އޮތް ކަމަށާއި، އެ އެެއްބަސްވުމަށް އަމަލުކުރެވޭނެ ކަމަށެވެ. އަދި އެފްޓީއޭއާއި ދިވެހި ޤައުމުގެ މިނިވަންކަންވެސް "ކޮމްޕްރޮމައިސް" ވެގެން އުޅެނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި ވެރިކަމުގެ ބާރުތަކާއި ގުޅޭ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެފްޓީއޭއަށް އަމަލުކުރުން ހުއްޓި ޤައުމުގެ މިނިވަންކަން ނުރައްކަލަށް ހުށަހެޅިފައިވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި ހިނގަމުންދާ ޕަވާ ސްޓްރަގްލްގައި ބޭރުގެ ދައުލަތަކުން ތާއީދުކުރަނީ ކޮން ބޭފުޅަކަށްކަން ކަށަވަރުނުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަށް ވާގިވެރިވާ ބޭރުގެ ގައުމަކުން ނަގާނެ ފަޅިއެއް ޔަގީން ނުވާތީ." ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ރައީސް މުހަންމަދު ނަޝީދާއި ދެމެދު އޮތް ވާދަވެރިކަމަށް އިޝާރަތް ކުރައްވަމުން ސައީދު ވިދާޅުވިއެވެ.
އެފްޓީއޭ އެއްބަސްވުމަކީ އެ އެއްބަސްވުމުން ރާއްޖޭގެ މަސްވެރިންނަށް ފައިދާވާނެ އެއްބަސްވުމެއް ނޫން ކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.
"މިވަގުތު އޮޕަރޭޝަނަލް އެފްޓީއޭއެއް ޗައިނާއާ ރާއްޖެއާ ދެމެދަކު ނެތް. އެ އެގްރިމަންޓް އޮޕަރޭޝަނަލައިޒް ވާނީ އިތުރު ގާނޫނުތަކެއް ހަދައިގެން. މި އެފްޓީއޭގެ ދަށުން މާބޮޑު ފައިދާއެއްވާކަން ފާހަގަވެފައެއް ނުވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު