ޖަމިއްޔަތުލް ސަލަފް އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު
ޖަމިއްޔަތުލް ސަލަފް އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު
ދީނީ ހަރުކަށި ފިކުރުގެ މީހުން ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކަށް ޖަމިއްޔަތުއް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަލީ ރަމީޒު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، ބޭރުގެ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އާއިލާއާ އެކަހެރިކޮށް، ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ބައެއް ސިޔާސީ ޕާޓީތަކުން ބައިވެރިވާ ކަމަށެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަ ދެއްކެވީ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް"ގެ ނަމުގައި ފަށާފައިވާ ކެމްޕޭނަށް އިޝާރަތްކުރަށްވަމުންނެވެ.

ޖަމިއްޔަތުއް ސަލަފްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ، އައިއެސް އާއި އަލްގާއިދާއާއި ގުޅުވައިގެން ދައްކާ ވާހަކަތައް މިހާރު ރައްޔިތުން ބަލައިނުގަންނާނެ ކަމަށާއި، އެއީ މާކުރީގެ ވާހަކަތަކެއް ކަމަށެވެ.

"ކަލޭމެންގެ ނުބައި ރޭވުންތައް ދަނީ މިހާރު އެނގި ހާމަވަމުން، ތި ވާހަކަތައް ރައްޔިތުންގެ މެދުގައި ހިނގާނެ ކަމަށް ގަބޫލުކުރަނީތޯ؟" އައިއެސް އާއި އަލްގާއިދާ ގުޅުވައިގެން މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދާއި އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކަށް ނުސީދާކޮށް ދެއްވި ރައްދުގައި އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒުގެ ޓުވީޓުގައި ވަކިބަޔެއްގެ ނަމެއް ނުގެންނަވައެވެ. އެހެން ނަމަވެސް ބެލެވޭގޮތުގައި އަލީ ރަމީޒު އެ އިޝާރަތްކުރަށްވަނީ ހަރުކަށި ފިކުރު ޖަމާއަތްތަކާއި ގުޅޭގޮތުން ރައީސް މުހަންމަދު ނަޝީދާއި އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށެވެ.

ރަމީޒު ވިދާޅުވީ، އައިއެސް އާއި އަލްގާއިދާ ފަދަ ޖަމާއަތްތަކުގެ ވާހަކަ އާއި އެޖަމާއަތްތަކުން ރާއްޖެ ހިފާ ވާހަކަ ދައްކަނީ އަސްލު މައުލޫ އޮޅުވާލައި އެހެން ވާހަކަތަކެއް ފެންމަތި ކުރުމަށް ކަމަށެވެ. އަލީ ރަމީޒު އެ އިޝާރަތްކުރައްވާ ރެޑް ހިއަރިންއަށް ދިވެހިން ކިޔައި އުޅެނީ ދެބޯގެރި ދުއްވުމެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އިންޑިއާ ފަދަ ގައުމުތަކާ އޮންނަ ގުޅުން ހީނަރުކޮށް، ބައިނަލްއަގުވާމީ މުޖުތަމައާ ރާއްޖެ އެކަހެރިކޮށްލުމަކީ އިސްލާމިކް ސްޓޭޓް (އައިއެސް) އަދި އަލްގައިދާ ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ތަސައްވަރުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

"އެއްވެސް ޝައްކެއް ނެތް އައިސިސް އަދި އަލްގައިދާ އިން އެބަ ގެންގުޅޭ ތަސައްވަރެއް ރާއްޖެ ހިފުމުގެ. ހިތާމައަކީ އެ މަސައްކަތުގައި އަޅުގަނޑުމެން ގަދަރުކުރާ އިހުތިރާމް ކުރާ ބައެއް ސިޔާސީ ޕާޓީތައް ހިމެނޭތީ." ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ފާތުން

08-Oct-2020

ގަނޖާބޮއެބޮއެ ސިކުނޑީގެ ނާރުތައް ބުރިބުރިވީމާ ދެން ކިޔޭ ނުކިޔޭއެއް ނެނގޭނޭ


-8

އަލީ

08-Oct-2020

އަލީ ރަމީޒަކީ ތިޔަބުނާ ވާހަކަ އެއްއިރެއްގައިވެސް ގަބޫލުކުރި މީހެއްނޫން.


-3

އާދު

07-Oct-2020

ކެނެރީ ގަންޖާ



ޓްރެންޑިން