ރައީސް މުހަންމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި
ރައީސް މުހަންމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އިތުބާރުނެތް މައްސަލަ މަޖިލީހަށް ވެއްދުމަށް އެއްވެސް ބޭފުޅަކު މިހާތަނަށް ސޮއިކުރައްވާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގައި އެފަދަ މަސައްކަތެއް މިހާތަނަށް ހިނގާފައިނުވާކަމަށާއި، އެހެން ނަމަވެސް އެމަސައްކަތް އެމްޑީޕީގެ ތެރޭގައި ހިގަމުންދާ ކަމަށެވެ.

"މަޖިލީހަށް ވަޒީރު ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް ދިހަ މެންބަރުން ސޮއިކޮށްފައި ހުށައެޅީމަ ތަޅުމުގަައި އެކަން އެޖެންޑާ ވެގެން ދާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޢެހެން ނަމަވެސް އެމައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާ ގުޅޭ އެއްވެސް ތަފްސީލެއް ރައީސް ނަޝީދު ހާމައެއް ނުކުރައްވައެވެ. އެމްޑީޕީއަކީ އެޕާޓީގެ މެންބަރުންނާއި ވަޒީރުންނާ ގުޅޭގޮތުންވެސް އެޕާޓީގެ އެތެރޭގައި އަބަދުވެސް އެކި ނިންމުންތައް މަޝްވަރާއާއެއްގޮތަށް ނިންމަމުންދާ ޕާޓީއެއްކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީއަކީ އަބަދުވެސް ޖަލުތަކުގެ އަނިޔާއިން ދިވެހިން ސަލާމަތް ކުރުމަށާއި، ކޮރަޕްޝަނާއި ދުރުވެ ހެޔޮވެރިކަމެއް ކުރުމަށް ވަކާލާތުކޮށް އެގޮތުގައި މަސައްކަތްކުރާ ޕާޓީއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ދެންހަމަ ތަކުރާރުކޮށް ދަންނަވާނަން ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެޅުމަކަށް އެއްވެސް ބޭފުޅަކު ސޮއިކުރައްވާފައިނުވޭ. އެމްޑީޕީގެ އެތެރޭގެ މަސައްކަތެއް ހިނގަމުންދޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްނުގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންނެވިތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި ރައިސް ޞާލިޙަކީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކަންކަން ހުއްޓާލުމަށާއި ފެށުމަށް ބުނަންޖެހޭ ބައެއް ނޫންކަމަށެވެ. ދެ ބޭފުޅުންވެސް ކަންކަން ކުރައްވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރައްވާކަންކަން ވަރަށް ބޮޑަށް އެނގިވަޑައިގެން ތިބެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ، އަޅުގަނޑާ، އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކު ގާތުގައި ކަންކަން ހުއްޓާށާ ކަންކަން ފަށާށާ ބުނަންޖެހޭ ދެމީހުންނެއް ނޫން." ރައީސް ސޯލިހްގެ އެންމެ ގާތް އެކުވެރިޔާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފައްޔާޒާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުއްވުމަށް މަސައްކަތް ފެށްޓެވުމާއި ގުޅިގެން އެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑު ކޯޅުމެއް އުފެދިފައެވެ. ފައްޔާޒަށް އިތުބާރު އޮތްކަން ރައީސް ސޯލިހް ހާމަކުރެއްވުމާއި ގުޅިގެން ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރައީސް ނަޝީދު ކުރައްވަމުން ގެންދެވި މަސައްކަތްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައަޅުއްވަން ރައީސް ނަޝީދު ވަނީ ނިންމަވާފަ އެވެ. އޭގެ ފަހުން ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޟާމިރު

08-Oct-2020

ޑްރާމާ



ޓްރެންޑިން