އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ދައުލަތުގެ ތިން ބާރުގައި ތިއްބެވި ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އަބުރުގެ ބަދަލު ހޯދަން ދައުވާ ކުރެވިގެން ނުވާނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ، އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތް ހިމަނާ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައެޅުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެވެ. އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ތިން ބާރުގައި ތިއްބެވި ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އަބުރުގެ ބަދަލު ހޯދަން ދައުވާ ކުރެވިގެން ނުވާނެ ކަމަށެވެ.

ދައުލަތުގެ ބޮޑެތި މަގާމުތަކަށް އަންނަން ވާނީ ތުހުމަތުތައް އަންނާނެކަން އެނގިހުރެ އެކަންކަން ގަބޫލު ކޮށްގެން ކަމަށް ވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަބުރާ ބެހިގެން ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އޮންނަންވާނީ އާންމު ރައްޔިތުންނަށް ކަމަށެވެ. ވެރިންނަށް އޮންނަންވާނީ އެ މީހަކާމެދު ދޮގު މައުލޫމާތެއް ފެތުރައިފިނަމަ އެކަމެއް ރަނގަޅު ކުރުމަށް ދައުވާ ކުުރުމުގެ ފުރުސަތު ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު، އޭރުގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައެވެ. މިއަދު ވެރިކަމުގައި ތިއްބެވީ އޭރުގެ ސަރުކާރުން ހެދި އަބުރުގެ ގާނޫނަށް އެންމެ ބޮޑަށް ފާޑުކިޔައި އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވަކާލަތު ކުރެއްވި ބޭފުޅުންނެވެ. އަބުރުގެ އެ ގާނޫނު އުވާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަބުރުގެ ގާނޫނު އުވާލަން މަޖިލީހުން ނިންމާފައި ވަނީ ނޮވެންބަރު 14، 2018 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން