ފިޔަވަތި
ފިޔަވަތި
ހުޅުމާލޭގައި ހުންނަ ފިޔަވަތިން ނުވަ ކުޑަކުއްޖަކާއި އެކުދިން ބަލަހައްޓާ ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީ އިން ބުނެފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފިޔަވަތިން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.ފިޔަވަތީގައި ކުޑަކުދިން ބަލަހައްޓާ މީހެއްގެ ފަރާތުން އަލާމާތްތައް ފެނުމުން އޭނާ ކޮވިޑަށް ޓެސްޓް ކުރުމުން ޕޮޒިޓިވްކަން އެނގުނީ ޖެހިގެން އައި ދުވަހު ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކުޑަކުދިން ބަލަހައްޓާ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން 54 ކޮންޓެކްޓެއް އެކަހެރިކޮށް 19 ސާމްޕަލް ނެގި ކަން ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ނުވަ ކުދިންނާއި ފަސް މުވައްޒަފުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. ޕޮޒިޓިވްވި އެންމެން ވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީތަކަށް ގެންގޮސްފަައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ފިޔަވަތިން ގިނަ ކުދިންތަކަކާއި ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެތަނުގެ ހާލަތު ރަނގަޅު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެތަނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން