ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ
ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ އިބްރާހިމް ފަނޑިޔާރު ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާލިބޭ 10 މީހަކު ބަންދުން ދޫކޮށްލި ގޮތް ގޯސް ކަމަށް ހައި ކޯޓުން ނިންމައި، އަދި ކްރިމިނަލް ކޯޓުގެ ނިންމުން މުރާޖާކުރަން ހައި ކޯޓު އަމުރު ކުރުމުން އެކަމާ މެދު ގޮތެއް ނިންމުން އޭނާ ލަސް ކުރައްވާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އެމައްސަލައިގައި ގާޒީ އިބްރާހީމް އަލީ 60 ދުވަހަށް ވަގުތީ ގޮތުން ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް އެކޮމިޝަނުން ނިއްމައިފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ. ބަންދުން ދޫކޮށްލި މީހުންގެ ތެރެއިން އެކަކުގެ މައްސަލައިގައި ފަސް ދުވަސް ތެރޭގައި އެ ނިންމުން މުރާޖާ ކުރަން ހައި ކޯޓުން އެންގުމުން ގާޒީ އިބްރާހިމް އަލީ އެކަމާ މެދު ގޮތެއް ނުނިންމައި، ލަސް ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެ އެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުން ލަސްވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް ގަސްތުގައި އެކަން ލަސް ކޮށްފައިވާ ކަމަށާއި އެކަމާ މެދު އެންމެ ފަހުން ގޮތެއް ނިންމީ ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ނިންމުން މުރާޖާ ކުރަން ބޭއްވި އަޑުއެހުމުގައި ގާޒީ އިބްރާހިިމް އަލީ ދައުވާ ލިބޭ މީހުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަމަށެވެ. އަދި ދައުވާ ލިބޭ މީހުން ބަންދު ކުރަނީ އޭނާ ބޭނުންވެގެން ނޫން ކަމަށާއި ހައި ކޯޓުން އެގޮތަށް އެންގުމުން މަޖުބޫރުވެގެން ކަމަށް ދޭހަވާ ފަދައަކުން ވެސް އޭނާ އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތަށް ނިންމިއިރު، އޭނާއާ ގުޅޭ އިތުރު ތިން މައްސަލައެއް ވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން