ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އަބަދުވެސް ކޮންމެވެސް އެހެން ގައުމެއްގެ އަސްކަރިއްޔާ އެއް ތިބޭނެ ކަމަށާއި، އެއީ ދުނިޔޭގައި އެކަން ހިނގާ އުސޫލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ، އެހެންގައުމެއްގެ އަސްކަރިއްޔާގެ ސިފައިން ތިބެނީ ރާއްޖޭގައި އެކަނި ނޫން ކަމަށާއި، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ސިފައިން ތިބޭކަމަށެވެ. ޖަޕާނާއި ޖަރުމަންވިލާތް ފަދަ ޔޫރަޕްގެ ގިނަ ގައުތަކުގައި ވެސް އެހެން ގައުމުތަކުގެ ސިފައިން ތިބޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިއީ ލާމެހިފައިވާ ދުނިޔެއެއް، ދުނިޔޭގައި ހިނގާ ކަންކަން އިންސާފުވެރިކަމާއެކީގައި ހަމަޖެހޭ ގޮތަކަށް ހައްލު ކުރުމަށްޓަކައި އޭގައި ބައިވެރިވާން އެބަޖެހޭ އެތައް ގައުމެއް. ދިވެހި ސަރުކާރުން މިސްރާބު ބަހައްޓާފައިވަނީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށް އިންޑިޔާ އާއި ޖަޕާނާއި އޮސްޓޭލިޔާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ގުޅިގެން މި މަސައްކަތް ހިންގުމަށް. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް ބުއްދިވެރިގޮތެއް އެކަން ހިނގާންވެސް ވީގޮތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިޔާ ސިފައިންނާއި ނުވަތަ އިންޑިޔާއާ ރާއްޖެއާ ދެމެދުގައި ގާތް ގުޅުމެއް އޮތުމުން ކަންބޮޑުވެގެން ދިވެހިން އުޅޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، އިންޑިޔާ އައުޓް ކެމްޕޭނަކީ ހަރުކަށި ޖަމާޢަތްތަކުން ރާވައިގެން ހިންގާ ކެމްޕެއިނެއް ކަމަށް އެމަނިކުފާނު ކުރިންވެސް ވިދާޅުވެފައި ވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް އެނޫން ގޮތަކަށް އެ ކެމްޕޭން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  


ކިޔުންތެރިންގެ ހިޔާލު


16

ގައުމީލޯބި

09-Oct-2020

މީނާ މިހާރު މަޖިލީހުގެ ރައީސަކަށް ހުރުމަކީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ކަމެއް.. އަވަހަށް މީނާ ދުރުކުރޭ އެމަގާމުން.. މިއީ ކަނޑައެޅިގެން ދިވެހި މިނިވަކަން ނަގާލަން މަސަތްކަތް ކުރާވާހަކަ އެދައްކަނީ ފާޅުގައި.. ކޮންއިރަކު ތޯ މެމްބަރުން ހަމަ ހޭވެރިކަންވާނީ..?


-5

ގައުމީ ލޯބި

09-Oct-2020

މަށަކީ ދިވެހިރާއްޖޭގެ ރައްޔަތެއް.. އަހަރެންވެސް އަހަރެން އާއިލާވެސް އިންޑިޔާ ސިފައިން ދިވެހިރާއްޖޭގައި ތިބޭތީ ކަންބޮޑުވޭ.. ވަކީން ޚާއްސަކޮށް އިންޑިޔާއަށް 200 މިލިޔަންޑޮލަރަށް އައްޑޫ ވިއްކީ ތީވެ ކަލޭމެން ދެކެ ރުޅިވެސް އާދޭ.. އަދި ނުރުހުންވެސް ވޭ.. އަޑުއިވިލައްވާފިތޯ؟ ވެރިކަމާއި ހެދި ގައުމިއްޔަތު ވިއްކާ މީހަކާއި އެކު ދެން މަގޭ އާއިލާއެއް ނޯންނާނެ ވަރަށް ސަލާމް. # އިންޑިޔާ އައުޓު



ޓްރެންޑިން