ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޑރ. އިޔާޒް
ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ޑރ. އިޔާޒް
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީއަށް މިހާރު ފެނިވަޑައިގަންނަވަނީ މަގާމުގައި ހުންނެވިއިރު ހުކުމް ވިއްކުމުގެ ހިތި ނަތީޖާ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. މުހަންމަދު އިޔާޒް އަބުދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަތީތައުލީމުގެ އެންމެ މަތީ ފާސް ނަންގަވައިގެން ފަހުގެ ނިޔާ އިއްވުމުގެ އެންމެ ބާރުވެރި ފަރާތް ކަމަށް ވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އާލަމީ ފިކުރުގެ މީހުން ބުނިހާ ގޮތަކަށް ޙުކުމް ވިއްކެވުމުގެ ހިތި ރަހަ މިއަދު ލަމުންދާ ކަމަށެވެ. ދެންވެސް ތައުބާވެ ވަޑައިގެން އިސްލާހް ވެ ވަޑައިގެންނެވުމަށް ވެސް ޑރ.އިޔާޒް ވަނީ ޑރ. ޢަހުމަދު އަބުދު ﷲ ދީދީ އަށް ގޮވާލައްވާފައެވެ.



ޑރ.އިޔާޒަށް ނުސީދާކޮށް ރައްދު ދެއްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމީ ދައުލަތަކަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަކީ ޢަލްމާނީ ލާދީނީ ނިޒާމްތަކަށް އެއްބާރުލުން ދީގެން، ދީނީ ފޭރާން ލައިގެން ތިބޭ މުނާފިޤު ޝައިޚުން ކަމަށެވެ. މާތް الله އެބައިމީހުންގެ ނުރައްކަލުން ދިވެހި އުއްމަތް ސަލާމަތް ކުރެއްވުން އެދި ޑރ.އަހްމަދު އަބުދު ﷲ ދީދީ ވަނީ ދުއާ ދަންނަވާފައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބުދު ﷲ ދީދީ ސުލޫކީ މައްސަލަތަކެއް ބަލަން ފަށައި އެމައްސަލައިގައި ޖޭއެސްސީ އަށް ހާޒިރުވާން އެންގުމުން އޭނާ ވަނީ އެކޮމިޝަނަށް ހާޒިރުވެ ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. އެމައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން ޑރ.އަހުމަދު އަބުދު ﷲ ދީދީ ވަކިކުރަން ނިއްމައި ޖޭއެސްސީ އަށް ފޮނުވުމުން މަޖިލީހުން ވަނީ އެމަނިކުފާނު މަގާމުން ވަކިކޮށްފައެވެ. ފަހަކަށް އައިސް ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ވެސް އަބުދު ﷲ ދީދީ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ކިޔާބެ

12-Oct-2020

ޓްވީޓްގަ އޮތީ އަލްމާނީ އޭ. ލިޔުމުގެ މަތީ ޕެރެގްރާފްގައި އޮތީ އާލަމީ އޭ. ރަނގަޅުކޮށްލަމާ


8

ޢމމ

12-Oct-2020

ކަރު ބުޑުގަަ ހިތިރަހަ ލަަންފެށީމާ ކަރުކެހުމަކުން ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ.ތިމާމެން އަތުގަަ ޖުޑިޝަރީގެ ހުރިހާ ބާރެއް އޮތްދުވަހު ކަންކުރިގޮރުން ދާއިރާގެ މީހެއްގެ ލޯބިވެސް ނުލިބުނު.


3

ޑރ

11-Oct-2020

ޢާލަމީ އޭ, ކިޔާ މުނާފިޤުންގެ ސިފާގައި ފެންނަ އިޔާޒްއަށް ނުފެނޭނޭތޯ , ﷲ ގެ އެތަށް ހުކުމެއް މިހާރުވެސް މުޤުރާތަނެއް , ހުކުމް ކުރަން އެންމެ މަތީގައި އަންހެން ބޭކަނބަލުން ނުތިބޭވޭނެކަން އަންގާފައި ނުވޭތޯ , ބޮއިގެން ބޮޑެތިވެރިން ފެންނަ ވީޑިއޯތައް އުޅޭއިރު , ރުހުމުގެ ލޮލަށް ނުފެންނަނީތޯ , މުނާފިޤުންނަށް އޮތް ހުކުމް އެނގޭނެކަމަށް އުއްމީދުކުރަން


-1

ކިނބޫ

09-Oct-2020

ބޭބޭ ގެރިއަކު ރާބޮއިގެން މާލޭ މަގުމަތީ ވައްވައް ޖައްސާ ފުލުހުންނަށް އައުގުރާނަ ގޮވާ ﷲ އަށް ފުރައްސާރަ ކުރިކަން އެނގޭތަ? ނޭނގޭ ދޯ? ނޭނގޭނެ. މީތި މީ ހާދަ ވަރެއް އަރާ އެއްޗެކޭ. ލުއްޗާގެ ނުބައިކަން ޚަތިމުވެ ތިރިއަރާ ދުވަސް ދިރިތިބީންނަށް ދައްކަވާށި!


-1

މިލަޝޭޚު

09-Oct-2020

ހެޔޮ މަގަށް މަގު ދައްކާ މީހާއީ ހެޔޮ ނަމޫނާ ދެއްކޭ މީހަކަށް ވާން ޖެހޭ. ތުނބުޅި ބެހެއްޓިޔަސް ނުލަފާ މުނާފިގަކު ވާނީ މުނާފިގަކަށް. ގައިން ތާހިރުވުމަކީ އިސްލާމްދީން އެންމެ ބާރުއަޅާ އެއް ކަންތައް. އެވަރުވެސް ނުވާއިރު މަޑުން ހުރޭ.


11

މިލަޝޭޚު

09-Oct-2020

ހެޔޮ މަގަށް މަގު ދައްކާ މީހާއީ ހެޔޮ ނަމޫނާ ދެއްކޭ މީހަކަށް ވާން ޖެހޭ. ތުނބުޅި ބެހެއްޓިޔަސް ނުލަފާ މުނާފިގަކު ވާނީ މުނާފިގަކަށް. ގައިން ތާހިރުވުމަކީ އިސްލާމްދީން އެންމެ ބާރުއަޅާ އެއް ކަންތައް. އެވަރުވެސް ނުވާއިރު މަޑުން ހުރޭ.


17

ޒާހިރު

09-Oct-2020

ތިޔަވިދާޅުވީ ރަނގަޅަށް



ޓްރެންޑިން