ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އަށް ބޭންކް އެކައުންޓު ފްރީޒް ކުރަން ކޯޓު އަމުރު ނެރުނީ ގޯސްކޮށް ކަމަށް ސުުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ސުުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އޭސީސީން ތަހުގީގުކުރި މައްސަލައެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައިވާ އެކައުންޓަކަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ 1 މިލިއަން ޑޮލަރު ވަދެ، އެފައިސާ، އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، އެހެން ގޮތަކަށް ހޯދި އެއް މިލިއަން ޑޮލަރު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާތީ، މިކަމުގެ ތަހުގީގު ފުލުހުން ކުރަމުންދާތީ، ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގައި އޮތް 8 އެކައުންޓެއް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ނުފެންނަ ކަމަށެވެ. އަދި ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެއަމުރު ބާތިލް ކަމަށް ނިންމި ނިންމުމަށްވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުވާ ކަމަށް ހުކުމް ގައި ވެއެވެ.

ސްޕްރީމް ކޯޓުގެ ޙުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އަށް އެކައުންޓެއް ފްރީޒްކޮށް ޔާމީންގެ އެކައުންޓްތައް ހިފަހައްޓަން އެދުނީ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މުއާމަލާތާ ގުޅިގެން ކަމަށް ވެފައި، އިސްލާމިކް ބޭންކުގައި އޮތް އަށް އެކައުންޓާ އެ މުއާމަލާތްތަކާ ގުޅުމެއް އޮތް ކަމަށް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ 8 އެކައުންޓެއް ފްރީޒް ކުރުމަށް މިދިއަ އަހަރުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށެވެ. އެ ފައިސާ ނުހިފަހައްޓައިފިނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށާއި ދައުލަތަށް ގެއްލުންވެދާނެ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

އެމައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފް ކުރުމުން ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުުން ވަނީ ބާތިލުކޮށްފަ އެވެ. ހައިކޯޓުން އެ އަމުރު ބާތިލްކުރީ އެ އަމުރަކީޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއާ ޚިލާފަށް ނެރުނު އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. ސްޕްރީމް ކޯޓުން މިއަދު ކުރި ޙުކުމްގައި ހައިކޯޓުގެ ނިއްމުމަށް ވަނީ ތާއިދުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން