އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް
ކޯލިޝަންގެ ހިމެނޭ ޕާޓީތަކުންވެސް އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، އެފަރާތްތަކުން ސަރުކާރުގައި ތިބެގެން ޕާޓީގެ ފިކުރުގެ މީހުންނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ފައިދާ ނަގަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުން ނެރުނު ހަބަރު ސިޓީގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ. އެ ލިޔުއްވުމުގައި ކޯލިޝަން ސަރުކާރުގައި ހިމެނޭ އެހެން ޕާޓީތަކުގެ ނިޔަތާމެދު ސުވާލު އުފައްދަވަމުން އާޒިމް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބަށް މިހާރުވެސް ތައްޔާރުވާން ފަށާފައިވާ ކަމަށާއި، އެ ޕާޓީތަކުގެ ފިކުރުގެ މީހުންނަށް ވަޒީފާއާއި ޕްރޮޖެކްޓުތައް ހަވާލުކުރުން ފަދަ ކަންކަމުން ސަރުކާރުގައި ތިބެގެން އޭގެ ފައިދާ ނަގަމުންދާ ކަމަށެވެ.

އަތޮޅު ތެރޭގައި އެކަން ހާއްސަކޮށް ފާހަގަކުރެވޭއިރު، އެކަމުގެ ސަބަބުން 2012 އިން ފެށިގެން ހެޔޮ ވެރިކަމެއް ގާއިމުކޮށްދިނުމަށް ގުރުބާންވީ އެމްޑީޕީ މެންބަރުން ބާކީވެ، ޕާޓީ ދެކެ ފޫހިވެ، މާޔޫސްވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން، އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީ ނުކުންނާނީ ކޯލިޝަންގެ ތެރެއިންތޯ ނުވަތަ ވަކިންތޯ މިއީ ވަރަށް އަވަހަށް ނިންމަންޖެހޭ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިހެން ދެންނެވީ ވާދަވެރި ޓީމުތަކުގެ ކުޅުންތެރިން ގޮވައިގެން މެޗު ކުޅެން އަރައިފިނަމަ އެންމެ ހައްސާސް ދަނޑިވަޅުގައި ބައިކޮޅަށް ގޯލުޖަހާތަން އަޅުގަނޑަށް ފެންނާތީ." އާޒިމް ވިދާޅުވިއެވެ.

މިއީ ކޯލިޝަން ސަރުކާރެކޭ ކިތަންމެ ހަރުއަޑުން ބުނި ނަމަވެސް، ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

އެގޮތުން، ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން ނުރަނގަޅު ކަމެއް ކުރާ ކޮންމެ ފަހަރަކު، އެކަމެއް ކުރީ މިވެނި ޕާޓީއަކަށް ނިސްބަތްވާ ބޭފުޅެކޭ ނުބުނާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއަށް މިހާތަނަށް ރާއްޖޭގެ ވެރިކަމަށް އާދެވިފައިވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދައިގެންނެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކާއި ނުގުޅި އެމްޑީޕީން އިންތިޚާބަށް ނުކުންނަށް ވިސްނަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީއާއި ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ލިބިފައިވާތީ ކަމަށް ރާއްޖޭގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން