ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާނާއި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ސަލާމަތް ވެގެން ދިޔުމަށް ހުރި މަގުތައް ބަންދުކުރުމަށް މުޅި ދައުލަތް އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލުމަށް މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ލިބޭނީ ފުލުހުން، މަސްތުވާތަކެތި ހޯދައި ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ ހަވާލުކުރުމުން ޕީޖީގެ ތެރެއިން ރަނގަޅަށް މަސައްކަތް ކުރެވިގެން އަދި ކޯޓުގެ ތެރެއިން އެފަދަ މައްސަލަތައް ރަނގަޅަށް ނިންމިގެން ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އިސްކޮށް އުޅޭ ފަރާތްތައް ސަލާމަތްވެގެން ދިޔުމަކީ މުޖުމަތަމައަށް އޮތް ވަރަށް ބޮޑު ބިރެއް ކަން މިނިސްޓަރު އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކުރާ ކުށްތަކުގެ ގާތްގަނޑަކަށް 70 ޕަސެންޓް މައްސަލަތަކަކީ ކޮންމެވެސް ކަހަލަ މަސްތުވާ އެއްޗަކާ ގުޅުންހުރި މައްސަލަތަކެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އޭގެތެރޭގައި ގޭންގު މާރާމާރީ ފަދަ ކަންތައްތައް ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ޒުވާނުންނަށް ބޮޑަށް އަސަރު ކުރާއިރު އެ ފަރާތްތައް ރިހެބިލިޓޭޓްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާ ކަމަށެވެ.

ޒުވާނުންނާއި ޒުވާނުންގެ އާއިލާތައް ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ފައިދާ ނަގާ ކަމަށް އިމްރާން ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މުއްސަނދިވާ މީހުންނާ ދެކޮޅަށް މުޅި މުޖުތަމައު އެކީގައި ނިކުންނަން ގޮވާލައްވާފައެވެ.

އިމްރާން މިހެން ވިދާޅުވެފައިވާއިރު ޑްރަގް މައްސަލަތަކުގައި އިސްކޮށް އުޅޭ ބޮޑެތި ޑީލަރުން ޝަރުއީ މަރުހަލާ އިން ވަރަށް ފަސޭހައިން ސަލާމަތްވެގެންދާ ކަން ފާހަގަކޮށްލެވެއެވެ. އަދި އެފަދަ ފަރާތްތަކުން އެކުށްތަކުރާރު ކުރި ނަމަވެސް އެމީހުން ގިނައިން ތިބެނީ މުޖުތަމަޢަށްދޫވެ މިނިވަނުންގެ ގޮތުގައެވެ. އެންމެފަހުން ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި ވެސް އިސްކޮށް އުޅުނު ކަމަށް ބުނާ ފަރާތަކީ އެފަދަ އެއްތައް މައްސަލަތަކެއް ފުލުހުންގެ ރެކޯޑްގައި އޮތް ފަރާތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން