ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭ
ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ކަމަށް މިރޭ ކަނޑައަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ވަނީކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހަމަޖެއްސި ކަން ހާމަކުރައްވާފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއެއް އެޓަނީ ޖެނެރަލް ކަނޑައަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ބުނީ ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާއަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ އިދާރާ ކަނޑައެޅުމާއެކު އެ ދުވަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި، މަރުކަޒީކޮށް ކުށުގެ ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ޑީޖޭއޭއިން ގާއިމް ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހުގައި ބުނެފައިވެއެވެ. މަރުކަޒީކޮށް ކުށުގެ ރެކޯޑު ބަލަހައްޓާނެ މިފަދަ އިދާރާއެއް މިއަދު ކަނޑައެޅިގެން ދިޔުމަކީ، ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކަމާއެކު ހިންގުމަށް ކުރެވެމުންދާ މަސައްކަތުގައި އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން