ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށް ގޮވާލާ މީސް މީޑިއާގައި ކުރިއަށް ގެންދާ ކެމްޕޭންގައި ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ އައިސިސްގެ ކަޅު ދިދަ ބޭނުންކުރާ ކަމަށާއި އެކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސް މުހަންމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި، ދިވެހިރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ މީސް މީޑިއާގައި ކުރިއަށް ގެންދާ ކެމްޕޭންގައި ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާޢަތް، އައިސިސްގެ ކަޅު ދިދަ ބޭނުންކުރާ ކަމަށް ވިދާޅުވެ، އެކަމާމެދު ވިސްނުމަށް ދިވެހި ރައްޔިތުންނަށް ވަނީ ގޮވާލައްވައިފައެވެ.

"އެދިދައިގަ މިހާރުވާ ލިޔުން އައިސިސް ދިދައިގެ ލިޔުމަށް ބަދަލު ކުރުމަށް ރޭވުމަކީ މިބާވަތުގެ މުއާމަލާތުގައި އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ. ދިވެހިން ވިސްނަވާތި." އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބުމާއި ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށާއި، އޭގެ ފައިދާ އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތަކުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގަމުން އަންނަ ކެމްޕެއިނަކީ ދީނީ ގޮތުން ހައްދުފަހަނައަޅާފައި ތިބި މީހުން ހިންގާ ކެމްޕެއިނެއް ކަމަށާއި، އެމީހުންގެ ބޭނުމަކީ ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ އެކަހެރި ކުރުން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާ އާއި ޖަޕާނާއި އޮސްޓްރޭލިއާ އާއި އިންޑިއާ އެކުވެގެން ގާއިމް ކުރާ އިއްތިހާދުގައި ރާއްޖެ ބައިވެރިވާކަމީ ނުވަތަ ރާއްޖެ ގުޅުމަށް ތާއީދު ކުރުމަކީ ސަރުކާރުން ނިންމާ ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި އެކަމަށް ހުރިހާ ރައްޔިތުން ވެސް އެއްބަސްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން އިންޑިޔާ ސިފައިން ރާއްޖޭގައި ތިބެގެން ދިވެހިން ކަންބޮޑުވެގެން ނޫޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިނަޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށް ގާއިމު ކުރާ އިއްތިހާދުގައި ރާއްޖެ ބައިވެރިވާން އުޅޭކަން ނުވަތަ އެފަދަ އިއްތިހާދެއްގެ ވާހަކައެއް ދިވެހި ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ގައުމީ ލޯބި

11-Oct-2020

ގަމާރު އެއީ ކަޅަކީ ވަކި ބަޔެއްގެ އެއްޗެއް ނަމަ، ކަލޭމެން ކަޅު ކޯޓުލާތީ މުޅިގައުމަށް ނުރައްކާވީސް ދޯ؟ އިންޑިޔާއަށް ރާއްޖޭގެ ކޮންޓްރޯލު ދޭތީވެ ހިތާމައިގައި ކަޅު ބޭނުން ކުރަނީ.. ކަޅުވީމަ ބިރުގަތީ ތަ؟ ދީނާއި ގައުމަށް ތި ޢައްދާރުވަނީ އޭގެ ސަބަބުން ކައްވަޅު ހުންނާނެ ގޮތް ތަޞައްވަރު ކޮށްލަ ބަލަ! ކޮންހާ ހޮޅިވާހަކައެއްދައްކާކަށް #އިންޑިޔާ އައުޓު


6

ގައުމީ ލޯބި

11-Oct-2020

200 މ. ޑޮލަރަށް އައްޑޫ ވިއްކާފައި.. އަދިޔަސް އަފިރިން ތިބެ އައްޖަހަނީ..؟ ނާސިރު ރާއްޖެ ވިއްކީމަ އެއީ ބޮޑުކަމަކަށް ވެގެން އަފިރިން މުޒާހަރާކެޑެއި..! މިކޯ އަމިއްލަ ރަށް ވިއްކިމެޔަސް މިތިބީ ހެވިފައި.؟ ކޮބާ އައްޑޫ މީހުންގެ ގައުމިއްޔަތު އަމިއްލަ ވަންތަކަން މިނިވަންކަން ؟ މިހާދުވަހު މާލޭ މީހުންނަށް އަޅުދާސް ނުވާން ކުރި މަސަތްކަތް؟ މިހާރު އިންޑިޔާގެ ތައްޕާހަށް މިވައްޓާލީ ! އެވެސް ރަށާއި އަތޮޅު ވިއްކީ ބުދައް އަޅުކަން ކުރާ ބޮޑު ހަރުބީ ކާފަރުންތަކަކަށް.. ދުވަސް ކެޑަކުން މިތަނިޔަސް ބުދު ބަތިބާށިޔެ. މިކަމަށް މިހާރު ބަސްނުބުނެ ފިއްޔާ އެމީހުން ހަތިޔާރާއި އެކު އެރީމަ ދެން ކުރާނެ ކަމެއް ނޯންނާނެ. އައްޑޫގައި ޓްރޭނިންސުކޫލޭ ކިޔާފައި ދޮގު ހަދާ އެއީ ބޮޑު މިލްޓްރީ ބޭސް އެއް އެހަދަނީ..ރާއްޖޭ ގެ މައި ސިފައިންގެ މަރުކަޒަށްވުރެން ވަރުގަދަ ކޮށް ކޮންކްރީޓް ކޮށް އެހަދަނީ ހަމަ ޓްރޭންނިން ސްކޫލެކޭ މޮޔަވާހަކަ ނުދައްކާ.. އަފިރިން މީ ގަމާރުންނަށް ނަހަދާ.. އަދިޔަސް މިކަމާއި ވޭޑިގައްފެހޭ ހުއްޓުވޭހެއް. ހިގާ އެންމެ އުޅެމާ.. މީގެ އެމްޑީޕީއެއް.. ޕީޕީއެމް އެއް ޖޭޕީ އެއް ނޯންނާނެ.. "#އައްޑޫ މިނިވަން ކުރޭ"



ޓްރެންޑިން