ލ. ކައްދޫ އެއަރޕޯޓް
ލ. ކައްދޫ އެއަރޕޯޓް
ލ. ކައްދޫއިން ޕޮޒިޓިވްވި މީހުންގެ އަދަދު 59 އަށް އަރައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކައްދޫއިން ޕޮޒިޓިވް ވެފައިވަނީ ޓްރެއިނިންއަކަށް ގޮސް ތިބި ސިފައިންގެ ބޭކަލުންތަކެކެވެ.

އެޗްޕީއޭ އިން އާއްމުކުރި މައުލޫމާތަށް ބަލާއިރު ކައްދޫއިން އިއްޔެ ވަނީ އަލަށް 24 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކައްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ސިފައިންނަކީ ލ. ގަމުގެ ކަށިކޮލި ސަރަހައްދުގައި ކޭމްޕުކޮށްގެން ތިބި ޓްރެއިނިން ބެޗެއްގައި ހިމެނޭ 25 ސިފައިންނެވެ. މިއީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެގި 93 ސާމްޕަލްގެ ތެރެއިން ފެނުނު ކޭސްތަކެއް ކަމަށް އެޗްޕީއޭ އިން މަޢުލޫމާތު ދެއެވެ.

އެ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ލ. ގަމުން ކަމަށް ކުރިން ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް ފަހުން އެފަރާތްތަކުން ބުނެފައި ވަނީ އެއީ ކައްދޫގައި ކަރަންޓީންގައި ތިބި ބައެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ސިފައިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން