ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ނަގާ ފެންނަ ނުފެންނަ ވޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނީ އެންމެ ނަމެއް ކަމަށާއި، އެ ވޯޓު ފެންނަ ނުފެންނަ ވޯޓަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ"ge ނަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޙަސަން ލަތީފް ވިދާޅުވީ، މި ރެފެރެންޑަމްގެ ނަތީޖާ ނުކުންނަ ގޮތަކުން 2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އޮތްފަދަ ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ލިބިގެންދާނެ ކަމަށެވެ.
"މި ނިމޭ ހިސާބަކީ ރައްޔިތުންގެ އަތުގައި އޮންނަ ވޯޓުލުމުގެ ބާރު، ބަސް ބުނެ ކަންކަން ނިންމުމުގެ ބާރު މިހާރު ނަންގަވަން ފެންނަ ނުފެންނަ ވޯޓެއް އެ ނަންގަވަނީ. އޭގެ ފަހުން މި ވޯޓު ކާމިޔާބު ކުރައްވައިފިނަމަ، ރިޔާސީ އިންތިހާބުގެ ވޯޓު ވެސް ވާނީ ފެންނަ ނުފެންނަ ވޯޓަކަށް، އެންމެ ނަމެއް އޮވެފައި." ޙަސަން ވިދާޅުވިއެވެ.
އޭގެއިތުރުން ޙަސަން ވިދާޅުވީ، ކުޑަ ބާރަކުން ވެރިކަމަށް އަންނަ ވެރިން ގައުމުތަކުގެ ދުސްތޫރު މުޅިން އެއްކޮށް ބަދަލުކޮށް، ބާރުތައް މުށުތެރެއަށް ނެންގެވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިނގާފައިވާ ކަންކަން ކަމަށެވެ.
ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޙަސަން ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ދައުރު އެކި މުއްދަތުތަކަށް ބަހާލައިގެން ހަމަވާގޮތަށް ކަނޑައެޅީ ވަރަށް ބޮޑަށް ބަހުސްކުރުމަށްފަހު ކަމަށެވެ. އެއީ ސަރުކާރު ޒިންމާދާރުކުރުވުމަށް އެ މުއައްސަސާތަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ހަ މަސް ދުވަސް ފަހުން މަޖިލީހުގެ އިންތިހާބު ބާއްވަން މިއޮތީ. އެއީ ސަރުކާރަށް ޗެކެއްގެ ގޮތުގައި ބޭއްވުމަށް." ޙަސަން ވިދާޅުވިއެވެ.
އެހެންކަމުން، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވޯޓު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ރައްޔިތުން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ނެގުމަށް ހަމަޖެހިފައިވާ ރެފަރެންޑަމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ގޮތެއް ނިންމުމަށް ނަގާ ވޯޓެކެވެ. މި ވޯޓުގައި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ރައްޔިތުން ފާސްކޮށްފިނަމަ، މަޖިލީހުގެ އުމުރުން ހަ މަސްދުވަސް މަދުވާނެއެވެ. އަދި ސަރުކާރުން މިހާރު ދަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ބާރުއަޅައި ކެމްޕޭން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު