ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ނިންމައިފިނަމަ، އޭގެ ފައިދާ ލިބޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް އިންތިހާއަށް ގެއްލުންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަދި ދަ ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ހަސަން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނުތައް ހެދުމުގެ އިތުރުން ސަރުކާރު ޖަވާބުދާރީކުރުވައި، ފާރަވެރިވާނެ މީހުން ތިބެންޖެހޭ މުއައްސަސާއެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުން ހޮވޭ ރައީސަކަށް ފާރަވެރިވާނޭ މަޖިލީހެއް ހޮވަން ރައްޔިތުންނަށް އެނގޭނީ، އެ ދެ އިންތިޚާބު ތަފާތު ދެ ތާރީޚެއްގައި ބާއްވައިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ލަތީފް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައި، ރައްޔިތުން ސަރުކާރަށް ފާރަވެރިވުމަށް އޮތް ފުރުސަތު ހަނިކުރުމަށެވެ. އެގޮތުން، ރައްޔިތުންގެ ސަމާލުކަމަށް މާބޮޑަށް ނާންނާނެހެން ފެންނަ ނުފެންނަ ވޯޓެއް ނަގައި، ދެ އިންތިޚާބު އެއްކޮށްލުމަކީ މަޖިލީހަށް މީހުން އިންތިޚާބު ކުރުމުގައި ރައްޔިތުންނަށް ލިބޭ ބާރު ކަނޑުވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ އެ ވޯޓު ރައީސް މުއިއްޒު ކާމިޔާބުކޮށްފިނަމަ، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އޮންނާނީ އެއް ދުވަހެއްގައި ކަމަށެވެ. މިކަމުގެ ސަބަބުން ރައީސަށް އުކަންޖެހޭ ފައިސާއާއި ބަހަންޖެހޭ ވަޒީފާތައް އެތައް ގުނައަކުން މަދުވެގެންދާނެ ކަމަށާއި، މުޅި ދައުލަތުގެ މެޝިނަރީ ބޭނުންކޮށްގެން ނުފޫޒު ފޯރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވަނީ މިކަން ހުއްޓުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތަކީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓުގައި "ނުފެންނަ" ކަމަށް ވޯޓު ދިނުން ކަމަށް ވިދާޅުވެ، ރައްޔިތުންނަށް އެކަމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު