ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވައިލިފަހުން 22000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައި މަހުގެ 15 ވަނަ ދުވަހުންފެށިގެން މިއަދާ ހަމައަށް 22007 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، ޖުލައި މަހުގެ ފަހު 15 ގައި 1752 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

އަދި އޮގަސްޓުމަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 7628 އަށް އަރައެވެ. ހަމައެއާއެކު ސެޕްޓެމްބަރުމަހުގައި 9538 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު, އޮކްޓޫބަރުމަހުގެ ފުރަތަމަ ފަސްދުވަހު 3410 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިހާތަނަށް ޖުމްލަ 22007 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ގޮތުން އެ ޤައުމުގެ 3598 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެެވެ. ހަމައެއާއެކު ލިސްޓުގެ ދެވަނައިގައި އެކުވެރި ޢަރަބި ޢިމާރާތް އޮތްއިރު ލިސްޓުގެ ތިންވަނައިގައި އޮތީ އެމެރިކާއެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކުރުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނިއުސްލެޓާއެއްގައި ބުނެފައި ވަނީ ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ބޯޑަރު ހުޅުވާލި ފަހުން، 24،000 އަށް ވުރެ ގިނަ ބެޑް މިހާރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ. އެއީ 223 އެސްޓެބްލިޝްމަންޓެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ އެސްޓަބްލިޝްމެންޓްތަކުގެ ތެރޭގައި ރިސޯޓާއި ހޮޓެލް އަދި ސަފާރީ ފަދަ އުޅަނދުތައް ހިމެނޭ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން