ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު، މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވުމާ ގުޅިގެން ރާއްޖެއަށް އެނބުރި ނާދެވިފައި ތިބި 50 އުމްރާވެރިން އަނބުރާ ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަން ހާމަކުރެއްވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ވަޒީރު ވިދާޅުވީ، މިވަގުތު 2،000 އަށްވުރެ ގިނަ ދިވެހި އުމްރާވެރިން ސައުދީ އަރަބިއްޔާގައި އެބަތިބި ކަމަށެވެ. އުމްރާވެރިންގެ ހާލުވެސް ރަނގަޅުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ބައެއް ޢޫމްރާވެރިންނަށް ރާއްޖެއަށް އެނބުރި އައުމުގައި ދަތިތަކެއް ކުރިމަތިވީ އެކުވެރި އަރަބި ގައުމެއްގެ ފްލައިޓެއް ކެންސަލްވުމާ ގުޅިގެން ކަމަށެވެ.
"އެކުވެރި ގައުމެއްގެ އެއާލައިނެއް ކެންސަލްވުމުގެ ސަބަބުން ރާއްޖެއަށް އެނބުރި އަންނަން ނުފުރިފަ ތިބި ގާތްގަނޑަކަށް 50 އުމްރާވެރިން އެކޮޅުން އަންނަން ދަތިވެފަ އެތިބީ. އެހެންވީމަ އެމީހުންނަށް ގޮތެއް ހޯދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ވަނީ ފަށާފައި." ޑރ. ޝަހީމް ވިދާޅުވިއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ރާއްޖެއިން އުމްރާއަށް ފުރަން އޮތް ބައެއް ފްލައިޓްތައް ވެސް ވަނީ ކެންސަލްވެފައެވެ. ސަރުކާރުން ދަނީ މި ހާލަތު ވަރަށް ގާތުން ބަލައި، ދިވެހި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު