ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
އެޗްޕީއޭގެ ރެޕިޑް ރެސްޕޯންސް ޓީމް (އާރުއާރުޓީ)ގެ އޮފިޝަލަކަށް ހަމަލާދިން ކަމަށް ބުނެ ފެތުރަމުންދާ ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މިރޭ ދޮގުކުރައްވައިފިއެވެ.

"ރަސް އޮންލައިން" އަށް މިރޭ މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވީ އޭނާ ކަރަންޓީނުގެ ސާދަ ދުވަސް ހަމަކުރުމަށްފަހު ޓެސްޓް ހަދަން މާފަންނު މަދަރުސާ އަށް ވަޑައިގެން ކޮވިޑް ޓެސްޓް ހެއްދެވި ކަމަށާއި، ޓެސްޓް ހެއްދެވުމުގެ ތެރޭގައި އެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ޢެހެން ނަމަވެސް އެޗްޕީއޭގެ ސާމްޕަލް ނަގާ އޮފިޝަލު އޭނާގެ ސާމްޕަލް ނެގުމަށް ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލެއްވި ކަމަށާއި، އެވަގުތު ތަދުވެގެން އޮފިޝަލުގެ އަތުގައި ހިފައި ދުރަށް ޖެއްސެވި ކަމަށް އިކްރާމް ވިދާޅުވިއެވެ.

"އޭނާ (ސާމްޕަލް ނަގާ އޮފިޝަލް) އަޅުގަނޑުގެ ނޭފަތަށް ލެއްވި އެތި ވަރަށް އެތެރެއަށް ލައްވާފައި ތަޅުވައިގަތީމަ ވަރަށް ތަދުވި ދެން ނޭފަތަށް ލައްވާފައި (އިން އެތިކޮަޅު ހިފަހައްޓައިގެން) އިންނާނެތާ (އޭނާގެ) އަތް އަޅުގަނޑާއި ދިމާލަށް އައިސްފައި، އެ އަތުގައި ހިފާ އެ އަތް ދުރުކުރިން އެއީ ކުރި ކަމަކީ." އިކްރާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ވެސް ކޮވިޑް ޓެސްޓެއް ހެއްދެވި ކަމަށާއި، އެ ޓެސްޓް ހެދި ކުއްޖާ ހެދީ ވަރަށް އޯގާތެރިކަމާއެކު ކަމަށެވެ. އިކްރާމް ވިދާޅުވީ އެ އަށްވުރެ އޯގާތެރިކަމާއެކު ވެސް ޕީސީއާރު ޓެސްޓަށް ސާމްޕަލް ނެގޭނެ ކަމަށެވެ.

"ރީތިކޮށްލައްވާފައި ސާމްޕަލް ނެގީ އެފަހަރު، އެކަމަކު މީނާ ހަމަ ލައްވާފައި ތަޅުވައިގަތީ، އަޅުގަނޑުގެ ކުރިން ނިކުތް ދެ ކުދިންވެސް ދިޔައީ ރޮމުން، ބުނިން އޭނާ އާއި ދިމާލަށް މިހާ އަނިޔާވެރިކޮށް ސާމްޕަލް ނެގުމަށް އަޅުގަނޑަކަށް ނުފެނެޔޭ މިވަރުގެ ކުއްޖަކު ސާމްޕަލް ނަގަން ބަހައްޓާކަށް." ރަސް އޮންލައިން އަށް އިކްރާމް ވިދާޅުވިއެވެ.

ޢެޗްޕީއޭގެ އޮފިޝަލަކަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށް ބުނާ އެމައްސަލަ އާއި ގުޅިގެން މެމްބަރު އިކްރާމްގެ ބަޔާނެއް ފުލުހުން ނެގި ކަމަށް ޝޯޝަލް މީޑިޔާގައި އަޑުފެތުރިފައިވެއެވެ. އެހެން ނަމަވެސް ފުލުހުންގެ އިދާރާގެ ބަހެއް ރަސްއޮންލައިން އަށް ލިބިފައިނުވާތީ އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވިއެވެ.

މާފަންނު މަދަރުސާގައި ކޮވިޑް ޓެސްޓް ކުރަން ހުރި އަންހެނެއްގެ ގައިގައި ޖެހިކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަންގެ މައްސަލައެއް ފުލުހުންނަށް މިރޭ ވަނީ ހުށައަޅާފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެމުން އެ އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ ޓެސްޓްކުރަން އުޅުމުގެ ތެރޭގައި ތަދުވިކަމަށް ބުނެ އިކުރާމް ޖެއްސެވީ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ގައުމީ ލޯބި

11-Oct-2020

ތަދުވީމަ ޖެހޭތަ ޓެސްޓު ކުރާ ކުއްޖާގައި ގަ ޖަހަން.. މިއީ ޤާނޫނު ހަދާ މީހެއްގެ ކިބައިން ފެންނަ ޖެހޭ ވަރަށް ވުރެ ނާތަހުޒީބު ދަށުދަރަޖައިގެ ޢަމަލެއް. މިކަހަލަ މީހުންގެ އަދަބު 3 ގުނަޔަށް އިތުރުވާން އެބަޖެހޭ. އެމްޑީޕީގައި މުޅީންވެސް އުޅެނީ ގުންޑާއިންތަ؟ އަބަދުމެ މި ފެންނާނީ މިކަހަލަ ނާތަހުޒީބު އަމަލު ތަ ކީއްވެ ހަމަ ކޯއިންސްޓެންޓް އެއްބާ؟



ޓްރެންޑިން