މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މަސްވެރިން މަސްބޭނުމުގެ މަސައްކަތުގައި (ފޮޓޯ: މަސްވެރިން.އެމްވީ)
މިފްކޯއިން މަސް ގަންނަ އަގު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް މިފްކޯއިން ވަނީ މަސް ގަންނަ އަގަށް ބަދަލު ގެނެސްފައެވެ. އެގޮތުން އެދުވަހު ކިލޯއަކުން ދެ ރުފިޔާ ދަށްކޮށް އައިސް އަޅައިގެން ގެންނަ 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަ އަގަކަށް 18ރ ހަމަޖެއްސިއެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ.

ނަމަވެސް މިއަދު އަގަށް ގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ސައިޓްތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. ކުރިން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މިފްކޯއިން ވަނީ އެކުންފުނިން މަސްގަންނަން ގެންގުޅޭ ކޮންޓްރޯލް އަގު ދޫކޮށްލާފައެވެ. މިއާއެކު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަޅުބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒް އިއުލާންކޮށްފައެވެ.

މިފްކޯއާ އެންމެ ވާދަވެރި ކުންފުނި ކަމަށްވާ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަނީ، އައިސް އަޅައިގެން ފިނިކޮށްގެން ގެންނަ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެނި ކިލޯއެއް ވަގުތުން ފައިސާ ދޭ ގޮތަށްނަމަ 14 ރުފިޔާއަށެވެ. އައިސްނާޅާ 1.5 ކިލޯއިން މަތީގެ ކަޅުބިލަމަހާއި ކަންނެލި ކިލޯއެއް 13 ރުފިޔާއަށެވެ.

1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ހޮރައިޒަން ފިޝަރީޒުން ގަންނަނީ 5.50 ރ. އަށެވެ. އަދި އައިސް ނާޅާ ގެންނަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ކިލޯއެއް ގަންނާނީ 5.15 ރ. އަށެވެ. މީގެ އިތުރުން ހޮރައިޒަން ފިޝަރީޒުން ވަނީ މަސްގަތުން ކޮންޓްރޯލް ކުރި ކުރުން ދޫކޮށްލާފައެވެ. އެގޮތުން މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކޮންމެ ދޯންޏަކުން އެކުންފުނިން ގަންނަމުން ދިޔައީ ގިނަވެގެން ފަސްޓަނުގެ މަހެވެ.



ކިޔުންތެރިންގެ ހިޔާލު


28

އޭނަ

11-Oct-2020

ވިއްކާ އަގުން 2 ރުފިޔާ ބޮޑުކޮށްލާތި.



ޓްރެންޑިން