ބަންގްލަދޭޝްގައި ރޭޕް އަދި ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑު އުފުލައި ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިން، މުޒާހަރާއަށް ތައްޔާރުވުމުގެ ތެރެއިންް. (ފޮޓޯ: ރެއުޓާސް)
ބަންގްލަދޭޝްގައި ރޭޕް އަދި ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑު އުފުލައި ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިން، މުޒާހަރާއަށް ތައްޔާރުވުމުގެ ތެރެއިންް. (ފޮޓޯ: ރެއުޓާސް)
ބަނގްލަދޭޝްގައި ރޭޕާއި ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑު އުފުލައި ކުރަމުންދާ މުޒާހަރާ ތަކުގައި ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކުށްތައް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ބަނގްލަދޭޝްގެ ބޮޑުވަޒީރަށް ގޮވާލައިފިއެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ބަންގްލަދޭޝްގައި ރޭޕާއި ޖިންސީ އަނިޔާތަކާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ހާމަކުރާގޮތުގައި ރޭޕްގެ މައްސަލަތައް ގިނަވެފައިވަނީ ބަނގްލަދޭޝްގައި ރޭޕް ކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ގާނޫނެއް ނެތީމައެވެ. އަދި ފަހުގެ ގިނަ ރޭޕް އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި ބަނގްލަދޭޝްގެ ސަރުކާރު ހިންގާ މައި ޕާޓީގެ ބައެއް އެކްޓިވިސްޓުންނަށްވެސް ދަނީ ގިނަ ތުހުމަތުތަކެއް ކުރެވެމުންނެވެ.

މި މުޒާހަރާ ތަކުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރަކީ އަންހެނަކަށް ވުމުން، އަންހެނުންނަށް ކުރިމަތިވަމުންދާ ރޭޕް އަދި ޖިންސީ ގޯނާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އުންމީދު އޮތްކަމަށްވެސް މުޒާހަރާގެ ބައިވެރިން ހާމަކުރަމުންދެއެވެ.

ބަންގްލަދޭޝްގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ގްރޫޕެއް ކަމަށްވާ އައިން އޯ ސަލިޝް ކެންޑްރޯގެ ތަފާސް ހިސާބު ތަކަށް ބަަލާއިރު، މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް، 975 އަންހެނަކަށް ރޭޕް އަދި ޖިންސީ ގޯނާކޮށްފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން 12 މީހަކު ވަނީ އަމިއްލައަށް މަރުވެފައިކަމަށްވެސް ރިޕޯޓުތަކުން ދައްކައެވެ.

ބަނގްލަދޭޝްގައި ރޭޕް އާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާކުރަން ފަށާފައިމިވަނީ ސެޕްޓެމްބަރު 2 އަދި 25 ވަނަ ދުވަހު ރިޕޯޓު ކުރެވިފައިވާ ރޭޕް އަދި ޖިންސީ ގޯނާގެ ދެ ހާދިސާ އަކާއި ގުޅިގެންނެވެ. މިދެހާދިސާ އާއި ގުޅިގެން ޖުމްލަ 12 މީހަކު ބަނގްލަދޭޝްގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ބަނގްލަދޭޝްގައި ކުރިއަށްދާ މިމުޒާހަރާތައް ހުއްޓާލާނީ ރޭޕްގެ މައްސަލަތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުން ކަމަށްވެސް މުޒާހަރާގެ ބައިވެރިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން