މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެ، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ މެދު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށާއި، ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަންދެއްވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރިފަރެންޑަމެއް އަވަސްއަރުވާލައިގެން ކުރިއަށް ގެންގޮސް، ބާރުތައް މަރުކަޒު ކުރުމަށް ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ.
މިދިޔަ ހަފުތާގައި ރައީސް މުއިއްޒު ވަނީ ތެލުގެ އަގާ މެދު "ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް" ކަމަށް ވިދާޅުވެ ރައްޔިތުންނަށް ޔަގީންކަން ދެއްވާފައެވެ. ނަމަވެސް، އެ ވާހަކަފުޅަށް 48 ގަޑިއިރު ނުވަނީސް ތެލުގެ އަގު 20 އިންސައްތަ ބޮޑުކުރުމުން، ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާކަން ހާމަވެފައިވާ ކަމަށް އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ތެލުގެ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން އިންޑިއާގެ އެހީތެރިކަމަށް ރަސްމީކޮށް އެދިފައިވާކަން ފާހަގަކޮށް، އެމްޑީޕީން ވަނީ އިންޑިއާ ސަރުކާރާއި ރައްޔިތުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އެ ޕާޓީން ބުނީ، އިންޑިއާގެ އެހީއަށް އެދުމުން ދޭހަވަނީ ރައީސް ކުރިން ދެއްވި ޔަގީންކަމަކީ ހަގީގަތެއް ނޫންކަން ކަމަށެވެ.
ސަރަހައްދުގެ އެހެން ގައުމުތަކުން ތެލުގެ ކާރިސާއާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ދިވެހި ސަރުކާރުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ނުކުރުމާއި، ކަންކަން ހާމަނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީން ބުނެއެވެ. ރައްޔިތުން ބޭނުންވަނީ ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ސަރުކާރެއް ކަމަށާއި، ބާރުތައް ޖަމާކުރުމަށް މިފަދަ ކާރިސާތަކުގެ ބޭނުން ހިފާ ސަރުކާރެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު