ލޯންޗު ފެރީތަކުގެ ޓިކެޓް އަގުތައް އިންތިހާއަށް ބޮޑުވަމުންދާތީ، ސަރުކާރުން އެކަމުގެ ތެރެއަށް ވަދެ އަގުތައް ކޮންޓްރޯލްކޮށް ރައްޔިތުންނަށް ލުއިތަކެއް ހޯދައިދޭންޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެގޮތުން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު ހުރީ 100 ޑޮލަރާއި 118 ޑޮލަރާ ދެމެދުގައި ކަމަށާއި، މީގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންތައް އަރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙް ވިދާޅުވީ، ކޮމާޝިއަލް ރޭޓުގައި ތެޔޮ ލީޓަރެއްގެ އަގު 13 ރުފިޔާއިން ފެށިގެން ގޮސް މިހާރު 26 އާއި 28 ރުފިޔާއާ ދެމެދަށް އުފުލިފައިވާ ކަމަށެވެ. މީގެ ސަބަބުން އާންމު ދަތުރުފަތުރަށް ބޮޑެތި ބުރަތަކެއް އުފުލަންޖެހިފައިވާކަން އެމަނިކުފާނު ފާހަަގަކުރެެއްވިއެވެ.
"މީގެ ކުރިން 250 ރުފިޔާއަށް ޓިކެޓް ލިބޭ ތަންތަނަށް މިއަދު 400 ރުފިޔާ ބޮޑުވެއްޖެ. 300 ރުފިޔާގެ ޓިކެޓް 500 އަށް، އަދި 600 ރުފިޔާގެ ޓިކެޓް 1000 ރުފިޔާއަށް ވަނީ ބޮޑުވެފައި. ރައްޔިތުންގެ ޖީބަށް މިވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައި،" ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ސާލިޙް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ކޮވިޑް-19 ގެ ބޮޑު ވަބާގެ ތެރޭގައިވެސް ސަރުކާރުން މަސައްކަތް ކުރީ އެ ބުރަ ރައްޔިތުންނަށް ނުޖައްސައި ހައްލު ހޯދައިދިނުމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުން ހުރިހާ ބުރައެއް ރައްޔިތުންގެ ބޮލުގައި އަޅުވަމުންދާ ކަމަށް ރައީސް ސާލިޙް ތުހުމަތު ކުރެއްވިއެވެ.
ރާއްޖޭގެ ތެޔޮ ރައްކާކުރެވޭ މިންވަރާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، ރާއްޖޭގައި ހުރީ އެންމެ ގިނަވެގެން 24 ދުވަހުގެ އިންވެންޓްރީއެއް ކަމަށެވެ. އަދި އަވަށްޓެރި އިންޑިއާގައި 65 ދުވަހުގެ ސްޓޯރޭޖް ހުރިއިރު، ލަންކާގައި 30 އާއި 40 ދުވަހުގެ ސްޓޯރޭޖް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ހަގީގަތްތައް ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށްވެސް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ލިބޭ ގެއްލުންތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މި މަހުގެ ތެރޭގައި ފަތުރުވެރިން އަންނަ މިންވަރުން 20 އިންސައްތަ ކެންސަލޭޝަން އައިސްފައިވާ ކަމަށާއި، މީގެ ސަބަބުން 300 އާއި 500 މިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ލިބިގެންދާނެ ކަމަށް ރައީސް ސާލިޙް ލަފާކުރެއްވިއެވެ.
ރައީސް ސާލިޙް ވަނީ މިކަންކަމާމެދު ފުންކޮށް ވިސްނުމަށްފަހު، ކުރިއަށް އޮތް އިންތިޚާބުގައި ގޮތް ނިންމުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު