ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު
ހުޅުމާލޭ ޖަލުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ގައިދީންނާއި ބަންދު މީހުން ރަނގަޅުވެ ޖަލު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ޖަލުން ކޯވިޑް-19އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ޖަލު ވަނީ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. ނަމަވެސް ހުޅުމާލޭ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ގައިދީންނާއި، ބަންދު މީހުން ބަލިން ރަނގަޅު ވުމާއި ގުޅިގެން މިއަދުން ފެށިފެން ޖަލުގައި އޮތް ކަރަންޓީންގެ މުއްދަތު ނިމުމަކަށް ގެނެސް ޖަލު އާންމު ހާލަތަށް މިހާރު ވަނީ ގެނެސްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލޭ ޖަލުގެ ކަރަންޓީން މުއްދަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަމަށެވެ. އަދި މިއަދު ޖަލު އާންމު ހާލަތަކަށް ގެނެވުނީ އެބޭފުޅުންގެ މަސައްކަތުންކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.



ކަރެކްޝަންސުން ބުނި ގޮތުގައި ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ކޯވިޑް-19 ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުން ކަމަށެވެ. އޮގަސްޓް މަހުގެ ފަހުކޮޅު ހުޅުމާލެ ޖަލުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ، އިމިގްރޭޝަން ޤާނޫނާ ޚިލާފްވެގެން ފުރުވާލެވެންދެން ބައިތިއްބާފައިވާ ބިދޭސީންގެ ތެރެއިން 5 މީހުންނާއި، ޖަލުގައި ޙުކުމް ތަންފީޒްކުރަމުންދިޔަ ޤައިދީއެކެވެ.

އަދި އޭގެފަހުން އޮފިސަރުންނާއި، ޤައިދީންނާއި، ޑިޓެއިނީސްގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވެއެވެ. ޖަލުން ނެގި މިސާމްޕަލްތަކުގެ ތެރެއިން ޖުމްލަ ވިއްސަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވިކަމަށް ކަރެކްޝަނުން ވަނީ ހާމަކޮށްފައެވެ.

އަދި މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އެ ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ ސަރވިސް އިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން