ރ.ވާދޫން ކޯވިޑް-19 އަށް 04 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ރ.ވާދޫ ހެލްތު ސެންޓަރުން ބުނީ ހޯމް ކަރަންޓީނުގައި ތިބި 05 މީހެއްގެ ކަރަންޓީންގެ މުއްދަތު ހަމަވުމުން އިއްޔެ ނެގި ސާމްޕަލުން އެ ފަސް މީހުންގެ ތެރެއިން 4 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ 4 މީހުންނަކީ ވެސް މާލެއިން ވާދޫއަށް އައިސް ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަ ދެކުދިންނާއި، 18 އަހަރުން މަތީގެ ދެމީހުންނެވެ. ފައްސިވި މީހުންގެ ތެރޭގައި ދެމަހުގެ ތުއްތު ކުއްޖެއް ވެސް ހިމެނެއެވެ.
މިއީ ވާދޫއިން މި ބައްޔަށް ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ
ރާއްޖޭގެ ރަށްރަށުން ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނައިރު, ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 10800 އަށްވުރެ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު