ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އަމިއްލަ ނަފްސަށް އަޅައިލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ގެ މި ދަނޑިވަޅުގައި އެތައް ބައެއްގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހީވެސް ނުކުރާ ވަރުގެ ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި ދަތި އުނދަގޫ ދަނޑިވަޅުގައި ލޯބިވާ މީހުންނާއި އެކީގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށާއި އަމިއްލަ ނަފްސަށްވެސް އަޅައިލުމަށް ނައިބުރައީސް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.



ކޯވިޑް-19 އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުރަބަންދުގައި ތިބެން ޖެހުމާއި އާމްދަނީއާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ނަފުސާނީ މައްސަލަތައް އިތުރުވެގެންދިޔަކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން