ށ. ފޯކައިދޫގައި ހުންނަ ޕީއެންސީގެ ސްޓްއަރިން ކޮމެޓީގެ ރައީސް އަޙުމަދު ޖައިލަމް، ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) ދޫކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ޖައިލަމް އެމްޑީޕީއަށް ސޮއިކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ފޯކައިދޫގައި ބޭއްވި "ހޭވައްލާ ތައްޔާރު" ކެމްޕޭން ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޖައިލަމް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅެން ނިންމީ ގައުމަށާއި ރަށަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ފެންނަ ގޮތަށް ކޮށްދީ، ނަމޫނާ ދައްކާ ޕާޓީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވަނީ ޖައިލަމްއަށް މަރުހަބާ ވިދާޅުވެ، މިއީ އެމްޑީޕީގެ ކައުންސިލްތަކުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު