މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރާއި، ރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަމާ ގުޅޭގޮތުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ސުވާލުކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.
މީކާއިލް މިކަން ހާމަކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ޓެގް ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މީކާއިލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް އޮތީ "ވާކޮށްލާފައި" ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ ދަށުން ބާއްވަން ލާޒިމުކުރާ ޖަލްސާތައް ނުބާއްވައި، ސަރުކާރު ހިންގާ ޕީއެންސީ އޮތީ ކެމްޕޭނަށް ހުސްވެފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ވަޒީރުން މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ޑިފެންސް މިނިސްޓަރާ ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުތަކުގެ ތެރޭގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާތެރިކަން ރާއްޖެއަށް އޮތް މިންވަރު ދެނެގަނެވިފައިވޭތޯ އާއި، އެކަމަށް ތައްޔާރުވުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ ކޮބައިތޯ މީކާއިލް ވަނީ އައްސަވާފައެވެ. މީގެ އިތުރުން، ރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޑިއެގޯ ގާސިއާ އަށް ހަމަލާދީފައިވާ ކަމަށް ބުނާ މައްސަލައިގައި، އެކަން ރާއްޖޭގެ ދިފާއީ ބާރަށް އެނގިފައިވޭތޯ އާއި ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރަން ކުރި މަސައްކަތްތަކާ ބެހޭގޮތުންވެސް ސުވާލު ކުރައްވާފައިވެއެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވައި، މެންބަރުންނަށް އެންގުމެއް ނެތި ޖަލްސާތައް ކެންސަލް ކުރަމުންދާ މައްސަލައިގައި އިދިކޮޅު އެހެން މެންބަރުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ސަރުކާރަށާއި މަޖިލީހުގެ ރިޔާސަތަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު