އެޗްޕީއޭގެ ރެޕިޑް ރެންސްޕޯންސް ޓީމް ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
އެޗްޕީއޭގެ ރެޕިޑް ރެންސްޕޯންސް ޓީމް ސާމްޕަލް ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ
ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ދެމުންދާ ޚިދުމަތްތަކަކީ ޕްރޮފެޝަނަލް މިންގަޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޯގާތެރިކަމާއެކު ދެމުންދާ ޚިދުމަތްތަކެއް ކަމަށް ބުނެ މެންބަރު އިކުރާމް ހަސަން އާރްއާރްޓީމުގެ މެންބަރަށް ދިން ހަަމަލާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނުސީދާ ރަށްދެއް ދީފިއެވެ.

އެޗްޕީއޭއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޚިދުމަތް ދިނުމުގައި ކަންކަން އޮޅުން ފިލުވައިދީ އާންމު ފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކަށްވެސް އިޖާބަދީ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ސިއްހީ ޚިދުމަތްތެރިންނާއި ވޮލަންޓިއަރުން ރެއާ ދުވާލު މަސައްކަތްކުރަމުން ދަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެން ފޯރުކޮށްދޭ ޚިދުމަތް ދިނުމުގައި އަމަލުކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އަދި އޯގާތެރިކަމާއެކުގައި ކަމަށެވެ. 

އޭގެ އިތުރުން  ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ޚިދުމަތްތެރިންނާ، ވޮލަންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށާއި އަދި މިކަން ކަށަވަރުކުރުމަށް އާންމު ރައްޔިތުންނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އެހީތެރިކަން ދިނުމަށް އެދޭ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އެޗްޕީއޭ އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ މާފަންނަ މަދަރުސާގައި ކޮވިޑް ސާމްޕަލް ނަގަން ހުރި ރެޕިޑް ރެސްޕޯންސް ޓީމުގެ މެމްބަރަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އިކްރާމް އެ ތުހުމަތު ދޮގު ކުރެއްވި ނަމަވެސް އިކުރާމް ހަމަލާދިންއިރު އެމަންޒަރު ދުށް ފަރާތްތަކުން ވަނީ އިކުރާމް އާރްއާރް ޓީމުގެ އޮފިޝަލަށް ދެފަހަރު މަތިން ހަމަލާދީ ވަރަށް އިހުތިރާމް ކުޑަކޮށް މުހާތަބުކޮށްފައިވާ ކަމަށް ބުނެފައެވެ.

އިކްރާމް އެޗްޕީއޭގެ ސާމްޕަލް ނަގާ މެމްބަރަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-5

ސަޢީދު

12-Oct-2020

ދިވެހިން އުޅެނީ ވަރަށް ފަހަތުގައި އިންޑިޔާ އިން ނޭފަތުތެރެޔައް ކަފަބުރެއްނުކޮއްޕާ



ޓްރެންޑިން