ކެނދިކުޅުދޫގައި ހުޅުވި އޭޓީއެމް
ކެނދިކުޅުދޫގައި ހުޅުވި އޭޓީއެމް
ނ.ކެނދިކުޅުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައި ރަށު ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކެނދިކުޅުދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެއް ކަމަށްވާ، ކެނދިކުޅުދޫގައި އޭޓީއެމް ބެހެއްޓުމުގެ ވަޢުދު، ބީއެލްއެލްގެ އޭޓީއެމް މެޝިން އެރަށުގައި ބެހެއްޓުމާއެކު ފުދިގެން ގޮސްފައިވާތީ، އެރަށުގެ ރައްޔިތުންގެ ޝުކުރު ރައީސް ޞާލިހަށާއި، އެ ދާއިރާގެ މެމްބަރު އަޙްމަދު އީސާ އަށް ވަނީ ދަންނަވާފައެވެ.

ނ.ކެނދިކުޅުދޫގައި ގާއިމްކުރި އޭޓީއެމް އިއްޔެ ހުޅުވާފައިވާއިރު، އެކަމުގެ ސަބަބުން ރަށުގެ ރަށްޔިތުންނަށާއި، ރަށާއި ކައިރި ރަށްތަކުގައި ދިރިއުޅޭ ރަށްޔިތުންނަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.

އެކަމާ ގުޅިގެން ޢާއްމުންގެ މީހަކު މީސް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ކަމެއްކޮށްދީނީވެސް އަދި ކޮށްދޭނީ ވެސް އެމްޑީޕީގެ ވެރިކަން. ހަމަޔަގީނުން ވެސް ކެނދިކުޅުދޫ ރައްޔިތުން އެކަން ގަބޫލުކުރާވަރު ކޮށްދީފި." ކަމަށެވެ.



މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ. އަދި މި އޭޓީއެމަކީ އެންމެ ފަހުގެ ސެކިއުރިޓީ އެކުލެވިގެން ރައްކާތެރިކަމާއެކު ބޭންކިންގ ހިދުމަތް ދިނުމަށް ފަރުމާ ކުރެވިފައިވާ އޭޓީއެމް އެއް ކަމަށް ބީއެމްއެލުން ވަނީ ބުނެއެވެ.

ބީއެމްއެލުން ވަނީ ރާއްޖޭގައި މިހާތަނަށް 120 އަށްވުރެ ގިނަ އޭޓީއެމް ބަހައްޓާފައެވެ. އަދި އޭޓީއެމް ނެތް ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ބީއެމްއެލުން ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން