މެންބަރު އިކްރާމް ހަސަން އާރްއާރް ޓީމްގެ މެންބަރަކަށް ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނި ނަމަވެސް، ތަހުގީގެއް ކުރާ ކަހަލަ މައްސަލައެއް އެޗްޕީއޭ އަށް ހުށައެޅިފައިނުވާ ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ހިންގާ އޮޕަރޭޝަންގައި މަސައްކަތް ކުރާ ސިއްހީ މަސައްކަތްތެރިންނާއި ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެޗްޕީއޭ އިން ކަށަވަރު ކުރާނެ ކަމަށެވެ. ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ހަމަލާ ދިނުމާއި ފުރައްސާރަކުރުން ކަހަލަ ކަމަކަށް ތުހުމަތެއް ކުރެވިއްޖެނަމަ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭގެ އިތުރުން އެކަހަލަ އެއްވެސް ކަމެއްގެ ރިޕޯޓެއް ލިބިއްޖެނަމަ ފުލުހުންނަށް ހުށައަޅައިގެން އެކަންކަން ބަލަމުންގެންދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް އިތުރު "އިންވެސްޓިގޭޝަނަކަށް ރިފަރ ކުރާ ކަހަލަ މައްސަލައެއް" އަދި މިހާތަނަށް ހުށައެޅިފައިނުވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"ބައެއް ފަހަރު ބައެއް ފަރާތްތަކުން ހަޑިހުތުރު ބަހުން މުހާތަބު ކުރުމާއި އިންޓިމިޑޭޓް ކުރަން މަސައްކަތް ކުރުމާއި ބައެއް ކަހަލަ ތުހުމަތު ކުރެވިފައި ހުރީމަ އެޗްއީއޯސީން ބަލާފައި އެބަހުރި ބައެއް ކަހަލަ ކަންކަންއިތުރު އިންވެސްޓިގޭޝަނަކަށް ރިފަރ ކުރާ ކަހަލަ މައްސަލައެއް ނާދޭ." ނަޒްލާ ވިދާޅުވިއެވެ.
އާރުއާރުޓީގެ މުވައްޒަފަކަށް ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއް ފުލުހުން ދަނީ ތަހުގީގްކުރަމުންނެވެ. އެމުވައްޒަފަށް ހަމަލާދިން ކަމަށް ކުރެވޭ ތުހުމަތުތައް އިކްރާމް ވަނީ ދޮގުކުރައްވާފައެވެ. ނަމަވެސް އެވަގުތު އެތަނުގައި ތިބި މުވައްޒަފުންނާއި މަންޒަރު ފެނިފައިވާ ފަރާތްތަކުން ދަނީ އެ ހާދިސާ ހިނގާ ދިޔަގޮތް ސޯޝަލް މީޑިއާގައި ހިއްސާކޮށް އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު