ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ އައު އިމަޖެންސީ ރޫމް (އީއާރު) ހުޅުވުމުގެ ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެ ސިޓީއަށް ވަޑައިގަތުމާ ގުޅިގެން، އެ ހޮސްޕިޓަލުން މިއަދު ދެމުންދިޔަ އޯޕީޑީގެ ހުރިހާ ޚިދުމަތްތަކެއް މުޅިން މެދުކަނޑާލައިފިއެވެ.
ހދ. އަތޮޅުގެ އިތުރުން މުޅި ތިލަދުންމަތީގެ ގިނަ ބަޔަކު ބަރޯސާވާ އަސާސީ ޞިއްޙީ ޚިދުމަތްތައް މެދުކަނޑާލުމަށްފަހު، މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖައްސާފައިވަނީ ސީދާ ބަލިމީހުން ޚިދުމަތް ހޯދުމަށް ގޮސް އުޅޭ ހޮސްޕިޓަލުގެ ގޯތިތެރޭގައެވެ. ސަރުކާރުގެ މި އަމަލަކީ ބަލިމީހުންގެ ޙައްޤުތަކަށްވުރެ ސިޔާސީ ދެއްކުންތެރިކަން އިސްކުރުމުގެ ގޮތުން ހިންގާ "ނާތަހުޒީބީ" އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ސިޔާސީ މަންފާއެއް ހޯދުމަށް ޖަހާ "ކަޑައެއް" ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ރައްޔިތުންނަށް ދޭންޖެހޭ އެންމެ އަސާސީ ޞިއްޙީ ޚިދުމަތް ހުއްޓާލުމަށްފަހު މިފަދަ ރަސްމިއްޔާތުތައް ބޭއްވުމަކީ، ސަރުކާރުގެ އިޚުލާޞްތެރިކަމެއް ނެތްކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
އައު އީއާރު ހުޅުވުމުގެ މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު، އިންތިޚާބާ ދިމާކޮށް މިފަދަ "ކަޑަޖެހުމުގެ" ސަގާފަތެއް ކުރިއަށް ގެންދިއުމަށްޓަކައި ރައްޔިތުންގެ އެންމެ އަސާސީ ޙައްޤުތައް ޤުރުބާން ކުރަމުންދާތީ ރައްޔިތުންގެ މެދުގައި ވަނީ ނުހަނު ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު