އަޝްވާގް ފައުޒީ   29 މާރިޗު 2026 - 12:46
އަދަދު" ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މަރުގެ އިންޒާރު
އަދަދު" ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މަރުގެ އިންޒާރު
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ މުވައްޒަފަކާއެކު ކައިވެނިން ބޭރުން ގުޅުމެއް ބޭއްވި ކަމަށް ތުހުމަތުކޮށް "އަދަދު" ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަށް މަރުގެ އިންޒާރު ދީފިއެވެ.

މި އިންޒާރު ދީފައިވަނީ އެ ހަބަރުގެ ދަށުން ވެބްސައިޓުގައި ކޮމެންޓު ކުރި މީހަކު ކަމަށްވާއިރު، އޭނާ ވަނީ އެ ދެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވާނެ ކަމަށް ބުނެ މަގުމައްޗަށް ނުނިކުތުމަށް އިންޒާރު ދީފައެވެ.

އިންޒާރު ލިބުނު ޝަހުޒާނަކީ "އަދަދު" ނޫހުގެ ނޫސްވެރިއެއްގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ނައިބު ރައީސް ވެސް މެއެވެ.



ކިޔުންތެރިންގެ ހިޔާލު