ހައްޔަރުކޮށް، ޖަލަށްލާފައިވާ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހުޒާންއާއި، ލީވާން ޢަލީ ނަސީރު ވަގުތުން ވަގުތަށް މިނިވަންކުރުމަށް ޝަހުޒާންގެ ބައްޕަ އަޙްމަދު ޝާޒް (ތަޖޫބެ) ގޮވާލައްވައިފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާޒް ވިދާޅުވީ، ނޫސްވެރިންނަކީ ޤައުމުގެ މޫނުބަލާ ލޯގަނޑު ކަމަށާއި، ސުވާލެއް ކޮށްގެން ނުވަތަ ޚަބަރެއް ލިޔެގެން ނޫސްވެރިން ޖަލަށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝާޒް ފާހަގަކުރެއްވި ގޮތުގައި، ޤާނޫނާއި ކޯޓު އަމުރުތަކަކީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒުވާންޖެހޭ އެއްޗެހި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ނޫސްވެރިޔާ ޝަހުޒާން ކޯޓު އަމުރާ ޚިލާފުވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަމިއްލަފުޅަށް ވަގުތުން ކަނޑައަޅުއްވައި، އޭނާ އެތަނުން ނެރެލުމަށް އެންގެވި އެންގެވުމަށް ޝާޒް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެއީ ފެނުނު ވަރަށް ލަދުވެތި މަންޒަރެއްކަން ފާހަގަކުރައްވަމުން ޝާޒް ވިދާޅުވީ، ކަމެއް ސާބިތުވުމުގެ ކުރިން ރައީސް އަމިއްލަފުޅަށް ޙުކުމް ކުރައްވައި، ނޫސްވެރިޔާ ބޭރުކުރަން އަމުރުކުރެއްވީ ކެތްތެރިކަން ކުޑަކަމުން ކަމަށެވެ. އަދި އެހާ ކެތްތެރިކަން ކުޑަ ބޭފުޅަކަށް ގައުމެއްގެ ވެރިކަން ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝާޒް ވިދާޅުވީ، ޑރ. މުއިއްޒުގެ ސަރުކާރަކީ ގައުމަށް ބޮޑު ތަރައްގީއެއް ގެނެސްދޭނެ، ގާބިލު ކެބިނެޓެއް އޮތް ރަނގަޅު ވެރިކަމެއް ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ކަންތައްތައް ވެގެންދިޔައީ މުޅިން އިދިކޮޅަށް ކަމަށެވެ.
މިއީ އެބޭފުޅުންގެ ހަޔާތުގައިވެސް ފެނުނު އެންމެ ދަށް ފަންތީގެ، ކޮރަޕްޓް އަދި އަނިޔާވެރި ވެރިކަން ކަމަށް ސިފަކުރައްވަމުން ޝާޒް ވިދާޅުވީ، ނޫސްވެރިންގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަނިޔާވެރިވުން ހުއްޓާލައި، މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.
އަދި އަމިއްލަ ދަރިފުޅާ މެދު ފަޚުރުވެރިވާކަން ހާމަކުރައްވަމުން ޝާޒް ވިދާޅުވީ، ޝަހުޒާންއަކީ އަބަދުވެސް ކަންކަން ރަނގަޅަށް ދިރާސާކޮށް، ތައްޔާރުވެގެން ނޫސްވެރިންގެ ބައްދަލުވުންތަކަށްދާ ހުނަރުވެރި ނޫސްވެރިއެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު