މިހާރުގެ ސަރުކާރަކީ ކަނަކު އިޝާ ނަމާދަށްދާހެން މަގުމައްޗަށް ނުކުމެ ލާހޫރެމުންދާ ސަރުކާރެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މެނިފެސްޓޯއެއް ލިޔެގެން، ކަންކަން ކުރާނެ ގޮތް ތަރުތީބުކޮށް، ހިސާބުކިތާބު ޖަހައިގެން ގައުމެއް ހިންގަން މި ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މިސްރާބެއް ނެތް ކަމަށާއި، ކަންކަން ކުރިއަށްދަނީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައިވާ ގޮތެއްގައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ޚާއްޞަކޮށް ތިނަދޫ ސިޓީއަށް ވެފައިވާ ވައުދުތަކަށް އަލިއަޅުއްވާލައްވަމުން ޝާހިދު ވިދާޅުވީ، ދައުރުގެ ދެބައިވީއިރުވެސް އެ ސިޓީގައި އަޅާނެ ކަމަށް ބުނި ފްލޯޓިން އެއާޕޯޓު އަދިވެސް އޮތީ "ކަނޑުއަޑީގައި ގަލުގައި އަޅާފައި" ކަމަށެވެ.
އެ މަޝްރޫޢު ފްލޯޓްވާން ފަށާނެ ދުވަހެއް އެނގޭނެ މީހަކު މި އުޑުބަޅުކުރެއްވި ހިސާބުގައިވެސް ނެތް ކަމަށް ވިދާޅުވެ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން ކާޑެއްދޫ އާއި ތިނަދޫއާ ދެމެދު އަޅަން ވައުދުވި ބްރިޖާއި، 1,000 ހައުސިން ޔުނިޓުގެ މަޝްރޫޢުވެސް އޮތީ "ގަލުއަޅާފައި" ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް މިހާރު ހިންގަމުން ނުދާ ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކޮވިޑް-19 ގެ ދަތި ދުވަސްވަރުވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި އިހުމާލުވަމުންދާ ކަމަށް އޭނާވަނީ ތުހުމަތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު