ކޯވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު އިތުރު މީހަކު ނިޔާވެ، ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު 35 އަށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިއަދު 2:20 ގައި ނިޔާވި މި މީހަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށެވެ. މި މީހާއާއި ބެހޭ އިތުރު ތަފުސީލެއް އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.
ރެއާއި ހަމައަށް ރާއްޖޭގައި ކޯވިޑަށް ޕޮސިޓިވް ވި ކަމަށް ރެކޯޑް ކުރެވިފައިވަނީ 10808 މީހުންނެވެ. އަދި އެވަގުތާއި ހަމައަށް އެކްޓިވް ކޭސް ނުވަތަ ބަލި ޖެހިފައި ތިބީ ޖުމްލަ 1113 މީހުންނަށެވެ. އިއްޔެގެ ރެކޯޑްތައް ދައްކާ ގޮތުން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ގެންދާ ތިބީ 74 މީހުންނެވެ.
ހުސްވި މަހު އެވްރެޖްކޮށް ރާއްޖޭގައި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދުތައް ހުރީ 200 އާއި ގާތްކުރާ އަދަދު ތަކުގައެވެ. ނަމަވެސް މިމަސް ފެށުނީއްސުރެ އެއަދަދު ވަނީ 75 އަށްވުރެ ތިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު