ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފަކީ މުޅި ރާއްޖެއަށް ނަމޫނާ ދައްކަވަމުންދާ ކެރޭ ބޭފުޅެއް ކަމަށާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީ ވެސް އޭނާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، ކުޅުދުއްފުށީގެ ތަރައްޤީއަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް މޭޔަރު ޢާޠިފް ކުރައްވަމުން ގެންދަވަނީ ނުހަނު ކެރިވަޑައިގެން ކަމަށް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް މޭޔަރު ކަމުގެ އިންތިޚާބު، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާއެކު އާޠިފް ކާމިޔާބު ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އޭނާގެ މޭޔަރުކަމުގެ ދަށުން ސިޓީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވެސް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު، ކުޅުދުއްފުށިން ފެންނަން އޮތް ހަމައެކަނި ތަރައްޤީގެ މަސައްކަތްތަކަކީ ސިޓީ ކައުންސިލުން އިސްނަގައިގެން ކުރި ކަންކަން ކަމަށްވެސް ރައީސް ޞޯލިޙް ވިދާޅުވިއެވެ.
މައި ސަރުކާރުން އެ ސިޓީއަށް އެއްވެސް އާ މަޝްރޫޢެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދީފައިވާތަން ނުފެންނަ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު