މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު
މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު އުމަރު
ބަވަނަވެފައިވާ ދުނިޔޭގައި އެއްވެސް ޤައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. 

އިންޑިޔާއިން ބޭނުންވެއްޖެނަމަ ހުރިހާ ދިވެހިން މަރާފައިވެސް ދިވެހިރާއްޖެ ހިފިދާނެ ކަމަށް އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ރޭ ވަނީ ވިދާޅުވެފައެވެ.

"އިންޑިއާއިން ދިވެހިރާއްޖެ ހިފައި އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖެއްޔާމުން އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ސިފައިން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫން މިދަންނަވަނީ. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ޤައުމެކޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެން އެންމެން މަރާފައިވެސް އެމީހުން ބޭނުމިއްޔާ ކުރާނެއޭ." ދައުލަތުގެ މީޑިޔާ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގުރާމެއްގައި ފައްޔާޒް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ފައްޔާޒާ ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށެވެ. އަދި ހުރިހާ ދިވެހިން މަރާލުމަށްފަހު، އިންޑިޔާއިން ބޭނުންވެއްޖެނަމަ، ރާއްޖެ ހިފިދާނެ ކަމުގައި ސަރުކާރުން ބުނުމަކީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާމެދު އެއްވެސް ޔަޤީންކަމެއް ނެތްކަން ދޭހަވާ ކަމެއް ކަމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ.

މީގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ އިންޑިޔާ އިން ބޭނުންވެއްޖެނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދިވެހި އަސްކަރިއްޔާ އަކީ ނިކަމެތި ބަޔެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެގެން ގޮސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން