ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ވ). އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ކ).
ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް (ވ). އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ކ).
ވިލިމާލޭ ގަސްހައްދާ ބިން ދަޢުލަތަށް ނަގާ މައްސަލާގައި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގެ ވިސްނުން ތަފާތުވެއްޖެއެވެ.

ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ތެރެއިން މާމެލާމެލީގެ ބަގީޗާގަސް ހައްދައިގެން ލިބޭ އާމްދަނީން ދިރިއުޅޭ ވިލިމާލޭ "ހޯޓިކަލްޗަރ ކޮމިޔުނިޓީ" މިހާރު ގަސްހައްދަން ބޭނުންކުރާ ބިން ދައުލަތަށް ނެގުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބޮންޑޭ ވިދާޅުވީ އެއްގޮތަކަށްވެސް ބިމެއް ނުދައްކައި އެގޮތަށް އެކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ. އަދި މިހާރު ވިލިމާލޭގައި ހުރި ބިންތަކުގެ ތެރެއިން ބޭނުންކޮށް ބާކީ ހުރި ބިންތަކުން އެކަން ކުރަން އެކަށޭނެ ބިމެއް ދައްކަން ޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.



ބޮންޑޭ ކުރެއްވި ޓްވީޓްގައި ހިމަނާފައިވާ ވީޑިއޯ ގައި އެބިމުގައި ގަސް އިންދައިގެން އާމްދަނީ ހޯދަމުންދާ ބައެއް މީހުންގެ ޝުއޫރުވެސް ހިމަނާފައި ވެއެވެ. އެތަނުން މީހަކު ބުނީ ބިން ދައުލަތަށް ނަގާއިރު ގަސް އިންދޭނެ ކޮންމެވެސް ގޮތެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

އެހެން ނަމަވެސް ބޮންޑޭގެ ޚިޔާލުފުޅަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް އެއްބަސްވެ ވަޑައިގެންފައެއް ނުވެއެވެ. އުޝާމް ވިދާޅުވީ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުއިރު އެއްވެސް އުސޫލެއްނެތި ބިންތައް ބޭނުންކުރުމަކީ އިންސާފެއް ނޫންކަމަށެވެ.

"ދައުލަތުގެ އެއްވެސް އިދާރާއެއްގެ ހުއްދަނެތި އެމީހަކު ބޭނުން ކޮންމެ ތަނެއްގަ ފެންސްޖަހައި ބިން ވަކިކޮށްގެން ބިން ބޭނުންކުރުމަކީ ރަނގަޅުގޮތެއްނޫން. އެކަމުގެ ސަބަބުން އަންނަ ޝަކުވާތައްވެސް އެހާގިނަ. ރަނގަޅު އުސޫލެއްގެ ތެރެއިން ހަމަހަމަކަމާއެކު ބިން ދޫކުރާނަމަ އެކަމަށް ތާއީދު." ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ ފަރާތުން މަޖިލީހުގައި އިންނަވާ މެމްބަރު އުޝާމް ވިދާޅުވިއެވެ.

އެބުނާ ގަސް ހައްދާ ބިން ސަރުކާރުން ނެގުމަށް ނިންމާފައި ވާއިރު އެބިން ނަގާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން